Shahid kureege loabiveriyaa Priyanka aai Nick ah dheyn beynunvaa naseyhaiy miothy!
image
0 ކޮމެންޓް
 

ޝާހިދު ކުރީގެ ލޯބިވެރިޔާ ޕްރިޔަންކާއަށް ދޭން ބޭނުންވާ ނަސޭހަތް މިއޮތީ!

ބޮލީވުޑުގެ މަޝްހޫރު ބަތަލު ޝާހިދު ކަޕޫރު، އޭނާގެ ކުރީގެ ލޯބިވެރިޔާ، ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސްއަށް ދޭން ބޭނުންވާ ނަސޭހަތް ހާމަކޮށްފި އެވެ.
ބަތަލާ ނެހާ ދޫޕިއާގެ ޓޯކް ޝޯގެ ތެރެއިން ޕްރިޔަންކާއަށް ދޭން ބޭނުންވަނީ ކޮން ކަހަލަ ނަސޭހަތެއްތޯ އެހުމުން ޝާހިދު ބުނީ ދެމީހުންނަކީ ވެސް ތަފާތު ދެ ބެކްގްރައުންޑަކަށް ނިސްބަތްވާ ދެމީހުން ކަމުން ނިކް އާއި ޕްރިޔަންކާ ވެސް އެކަން ވަރަށް ރަނގަޅަށް ދެނެގަނެ އެނގެންވާނެ ކަމަށެވެ.

ޕްރިޔަންކާއަކީ އިންޑިއާއަށް ނިސްބަތްވާ ތަރިއެކެވެ. އަދި އޭނާގެ ފިރިމީހާއަކީ ނިއުޔޯކަށް ނިސްބަތްވާ ތަރިއެއް ކަމުން ދެމީހުންގެ އުޅުމާއި ސަގާފަތްތައް ވެސް ވަރަށް ތަފާތުވާނެ އެވެ. ޝާހިދު އެފަދަ ނަސޭހަތެއް ދީފައި އެވަނީ އެހެންވެ އެވެ.

ޕްރިޔަންކާ އާއި ޝާހިދު ލޯބީގެ ގޮތުން ގުޅުން ކަމަށް ކުރިން އަޑުތައް އެރި ނަމަވެސް ދެމީހުން ކުރެ އެކެއް ވެސް އެކަމަށް އެއްބަހެއް ނުވެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޕްރިޔަންކާ ކައިވެނި ކުރިއިރުދެހާސް ފަނަރަ ވަނަ އަހަރުގެ ތެރޭގައި ޝާހިދު ވެސް ވަނީ ކައިވެނިކޮށްފަ އެވެ. ޝާހިދަށް މިހާރު ވަނީ ދެ ކުދިން ވެސް ލިބިފަ އެވެ.


ހިޔާލު