Tree Top gai ukulhuvalhu hulhu badhalukurumuge operation eh koffi
image
ޓްރީ ޓޮޕް ހޮސްޕިޓަލް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ޓްރީ ޓޮޕްގައި އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފި އެވެ.
މި މަހުގެ 20 ވަނަ ދުވަހު ކުރި އެ އޮޕަރޭޝަން ކޮށްފައިވަނީ ރާއްޖެ ބައްޔަށް ފަރުވާ ކުރަމުންދާ 29 އަހަރުގެ މީހަކަށެވެ.

މިއޮޕަރޭޝަން ކުރުމަށް ހަރަކާތްތެރިވެފައިވަނީ ކަށީގެ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން ކަމުގައިވާ ޑރ. ކަންނިރާޖް މަރިމުތު، އަދި ޑރ. ޑޭވިޑް މޮންޓިނެގްރޯ ގެ އިތުރުން ޑރ. ހުސެއިން ފައިސަލް އެވެ.

މިބޭފުޅުންގެ އިތުރުން އަމަލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހޭނައްތާ ޑޮކްޓަރު ޑރ. ވޮރަން ކަބަލާ އަދި ހުނަރުވެރި ނަރުހުންގެ ޓީމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކަށީގެ ހާއްސަ ޑޮކްޓަރުންނަކީ ތަޖުރިބާކާރު އަދި ހުޅުތައް ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމުގައި ވަރަށް ގާބިލް ބޭފުޅުންނެވެ. އަދި އެ އޮޕަރޭޝަން ކުރުމުގައި ޑޮކްޓަރުން ބޭނުން ކުރައްވަނީ އެންމެ ޒަމާނީ ވަސީލަތްތަކެވެ.

ކަށީގެ ހާއްސަ ޑޮކްޓަރުންނަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 16:00 އެޕޮއިންޓްމަންޓް ލިބެ އެވެ.
ހިޔާލު