Baghdadi maruvee amihlla hashi gohvaalaigen: Trump
image
0 ކޮމެންޓް
 

ބަގްދާދީ ވަނީ އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން އާއިލާއެކު މަރުވެފަ: ޓްރަމްޕް

އިސްލާމިކް ސްޓޭޓް (އައި އެސް) ޖަމާއަތުގެ ވެރިއާ، އަބޫބަކުރު އަލް ބަގްދާދީ އަމިއްލަ ނަފްސު ގޮއްވާލައިގެން މަރުވެފައިވާކަމަށް އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.
މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު ވިދާޅުވީ އެމެރިކާގެ ސިފައިން ކައިރިވުމުން ބަގްދާދީ ވަނީ ތިން ދަރިންނާއެކު އަމިއްލަ ނަފްސު ގޮއްވާލައިގެން މަރުވެފައިކަމަށެވެ.

ޓްރަމްޕު ވިދާޅުވީ ބަގްދާދީއަށް އެމެރިކާއިން ފާރަލަމުން އަންތާ ހަފްތާތަކެއް ވެއްޖެކަމަށެވެ.

"އޭނާ ދިރިއުޅެމުން ދިޔަގޮތް އަޅުގަނޑުމްނެ ދިޔައީ ފިލްމެއް ބެލިހެން ބަލަމުން،"

ބަގްދާދީ މަރުވެފައިވަނީ ބިންގަރާހެއްގެ ތެރޭގައި ކަމަށް ވެސް ޓްރަމްޕު ވިދާޅުވިއެވެ.

"އެއީ އެއްކޮޅުން ބަންދު ވެފައިވާ ބިންގަރާހެއް. އޭނާއަށް އިނގޭ އިތުރުގޮތެއް ނެތްކަން. ތިން ދަރިންނާއެކު އަމިއްލައަށް ގޮއްވާލައިގެން މަރުވި،"

ޓްރަމްޕު ވިދާޅުވީ ބަގުދާދީގެ މައުލޫމާތު އެމެރިކާއަށް ފޯރުކޮށްދިނުމުގައި ކުރުދީން އެހީތެރިވިކަމަށެވެ.

އަދި އޭނާގެ ހަށިގަނޑުގެ ބައިތައް ނަގައިގެން ޓެސްޓު ހެދި އިރު އެއީ ބަގްދާދީކަން ހާމަވާކަމަށެވެ.

އެމެރިކާ އައިއެސް
ހިޔާލު