India aai China safeerunnaai eku beyvvi bahdhalukurehvumah bodu samaalukameh
image
މިނިސްޓާރ ޝާހިދު (ކ)، ޗައިނާ ސަފީރު ޖަންގް ލިޖޮންގް | ފޮޓޯ: ސޯޝަލް މީޑިއާ
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

އިންޑިއާ އާއި ޗައިނާގެ ސަފީރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމަށް ބޮޑު ސަމާލުކަމެއް!

ރަސްމީ ދަތުރުތަކެއްގައި ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ރާއްޖެ ވަޑައިގެން އެއް ދުވަހެއްގެ ތެރޭގައި ޗައިނާ އާއި އިންޑިއާގެ ސަފީރުންނާ ބައްދަލުކުރެއްވި ބައްދަލުވުމަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
މިނިސްޓަރު ޝާހިދު ކުރިއަށް ގެންދެވި އެ ބައްދަލުވުންތަކަށް ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ ފަހުގެ ތާރީހެއްގައި އެއް ދުވަސް ތެރޭގައި އެންމެ ބޮޑު ދެ ގައުމުގެ ސަފީރުންނާއެކު ބައްދަލުވުމެއް ބާއްވާފައިނުވާތީ އެވެ.

ރައީސް ޔާމީނުގެ ވެރިކަމަށް ފަހު ޗައިނާއެކު އޮތް ގުޅުން ހީނަރުވެ، އިންޑިއާ އާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ދަނޑިވަޅެއްގައި ކުއްލިއަކަށް ޗައިނާ އާއި އިންޑިއާގެ ސަފީރުންނާ އެކު ބައްދަލުވުންތައް ބާއްވާފައިވަނީ ފޮރިން މިނިސްޓްރީގައެވެ.

އެގޮތުން މިނިސްޓާރ ޝާހިދު އެންމެ ފުރަތަމަ ބައްދަލުކުރައްވާފައި ވަނީ ޗައިނާގެ ސަފީރާއެވެ. އެގޮތުން މި ބައދަލުކުރެއްވުމުގައި ޗައިނާއިން މިހާރު ރާއްޖޭގައި ކުރިއަށްގެންދާ ޕްރޮޖެކްތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ. އަދި މިހާރު ހުރި ބައެއްކަހަލަ މައްސަލަތަކާއި ދެ ޤައުމަށް މަންފާ ލިބޭނޭ ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމަށްފަހު މިނިސްޓާރ ޝާހިދު ބައްދަލު ކުރައްވާފައިވަނީ އިންޑީއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި އެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި، އިންޑިއާއިން ރާއްޖޭގައި މިހާރު ކުރިއަށްގެންދާ އެކި މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.

މިނިސްޓާރ ޝާހިދު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަށްފަހު އިންޑިއާ އަދި ޗައިނާގެ ސަފީރާއި އެއްދުވަހެއްގައި ބައްދަލުކުރެއްވުމުން، އެކަމަށް ގިނަބައެއްގެ ސަމާލުކަންވަނީ ހުއްޓިފައެވެ.

ރައިސް ޔާމީންގެ ސަރުކާރުގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ހީނަރުވިއިރު، ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވެއެވެ. އަދި އެގޮތުން ރާއްޖޭގައި ކުރިއަށް ގެންދިޔަ ގިނަ ތަރައްޤީގެ މަޝްރޫއުތަކެއް ޗައިނާގެ ކުންފުނި ތަކަށް ހަވާލުކުރެވިފައި ވެއެވެ. އަދި މާލީ ގޮތުންވެސް ޗައިނާގެ އެހީތެރިކަން ރާއްޖެއަށް ވަރަށްބޮޑަށް ލިބިގެން ގޮސްފައިވެއެވެ.

ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރަށް ވަޑައިގަތުމަށްފަހު އިންޑިއާ އާއި ރާއްޖެއާއި ދެމެދު ހީނަރުވެފަިއވާ ގުޅުން ބަދަހި ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. އަދި ފޮރިން މިނިސްޓާރ ޝާހިދު އަންނަވަނީ ޗައިނާ އާއި އިންޑިއާ އާއި ދެޤައުމުގެ ގުޅުން ރާއްޖެއާއި ވަރުގަދަކޮށް ބޭއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ހިޔާލު