Ladhehgai bedhumuge kurin Aamir Khan ge dharifulhu Ira Yuvaj ge anhenun salaamaiy kohfi
image
ޔުވްރާޖާއި ހަޒެލް އަދި އީރާ--
1 ކޮމެންޓް
 

ލަދެއްގައި ބެދުމުގެ ކުރިން އާމިރު ހާނުގެ ދަރިފުޅު އީރާ ޔުވްރާޖުގެ އަންހެނުން ސަލާމަތްކޮށްފި

ބޮލީވުޑުގެ ކުޅަދާނަ ތަރި އާމިރު ހާނުގެ އަންހެން ދަރިފުޅު، އީރާ ވެސް މިވަނީ ފިލްމީ ދާއިރާއަށް ނުކުމެފަ އެވެ. އޭނާގެ ޝައުގުވެރިކަން ހުރީ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. އަދި މިހާރު އޭނާ އަންނަނީ ފުރަތަމަ ފިލްމު ޑައިރެކްޓު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ދާދިފަހުން އަމްބާނީ އާއިލާއިން ދިވާލީގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި އީރާގެ އިތުރުން ކުރިކެޓް ކުޅުންތެރިޔާ ޔުވްރާޖު ސިންގް އަދި އޭނާގެ އަންހެނުން، ހަޒެލް ކީޗުގެ އިތުރަށް ވެސް ފިލްމީ ގިނަ ތަރިންތަކެއް ބައިވެރިވި އެވެ.

އިންސްޓަގްރާމު މެދުވެރިކޮށް ހަޒެލް އާންމުކުރި ފޮޓޯއިން އޭނާ ފެނިގެންދަނީ ވަރަށް ސަގާފީ ގޮތަކަށް ހެދުން އަޅާފައި ހުއްޓާ އެވެ. ފޮޓޯގެ ކެޕްޝަނުގައި އޭނާ ވަނީ އީރާއަށް ޝުކުރު އަދާކޮށްފަ އެވެ. ހަޒެލް ބުނީ އެ ހަފުލާގައި ބައިވެރިވުމަށް އޭނާއަށް ދެވުނީ ހަނދާން ނެތިގެން ޓޮޕްކޮޅު ބަހައްޓާފައި ކަމަށެވެ. އެކަމަކު އީރާ ވަނީ އޭނާގެ ހެދުމެއް ހިފައިގެން އައިސް އެ ހެދުން އޭނާއަށް ދީފައި ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން އީރާގެ ހެދުން ވެސް އޭނާއަށް ހެޔޮވަރު ކަމަށާއި އޭނާ ސަލާމަތްކޮށް ދިނީތީ ޝުކުރު އަދާކުރާ ކަމަށް ވެސް އެ ޕޯސްޓުގައި ހަޒެލް ބުންޏެވެ.

އުމުރުން 22 އަހަރުގެ އީރާގެ ކުރިއަށް އޮތް ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ހަޒެލްއެވެ. މަދުމަދުން ފިލްމީ ދާއިރާއިން ވެސް އޭނާގެ މަސައްކަތްތައް ފެނެ އެވެ.

އަމްބާނީ އާއިލާއަކީ އިންޑިއާގެ އެންމެ މުއްސަނދި އެއް އާއިލާއެވެ. އެގޮތަށް އެމީހުން ބާއްވާ ހާއްސަ މުނާސަބަތުތަކުގައި އަބަދުވެސް ފިލްމީ ތަރިން ބައިވެރިކުރުވަ އެވެ.
ހިޔާލު

ހަސަން

ހެއް ހެއް ހެއް. މީކޯނޗެއް؟