STO in mi aharuge mihaathanah MIFCO 150 million rufiyaa haradhu kohfi
image
މިފްކޯއެއްގެ ފެކްޓަރީއެއް -- ފޮޓޯ: މިފްކޯ
0 ކޮމެންޓް
 

އެސްޓީއޯއިން މިއަހަރުގެ މިހާތަނަށް މިފްކޯއަށް 150 މިލިއަން ރުފިޔާ ހަރަދުކޮށްފި

އެސްޓީއޯ އިން މިއަހަރުގެ މިހާތަނަށް މިފްކޯ އަށް 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.
މިމައުލޫމާތު ހާމަކޮށްފައިވަނީ އެސްޓީއޯ އިން އާންމުކޮށްފައިވާ އެކުންފުނީގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތަކާ ގުޅޭގޮތުން އެސްޓީއޯ އިން މިދިޔަ ހޯމަ ދުވަހު ނެރެފައިވާ ބަޔާނުގަ އެވެ.

އެސްޓީއޯ އިން މިފްކޯ އަށް ހަރަދުކުރަނީ މިފްކޯގެ މާލީ ހާލަތު ގޯސްވެފައިވާތީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިފްކޯ ބަނގުރޫޓްވުމާ ހަމައަށް ދިއުމުން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ މިފްކޯ އަކީ އެސްޓީއޯގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏަކަށް ހަދާފަ އެވެ.

އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރި ދަރަނީގެ ގޮތުގައި 300 މިލިއަން ރުފިޔާ އޮތް ކަމަށް އޭރުގެ ސަރުކާރުން ހާމަކޮށްފައިވެ އެވެ.

އެސްޓީއޯގެ ދަށުގައި މިފްކޯ އޮތުމުން އެސްޓީއޯއަށް މާލީގޮތުން ދަތިތަކެއް ހުރި ކަމަށް ބުނެ އެކުންފުނީގެ ބައެއް ހިއްސާދާރުން މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ނަމަވެސް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް މިއަހަރުގެ ތެރޭގައި ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

މިފްކޯގެ ހާލަތު ރަނގަޅުކޮށް، އެކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު