Supreme Court akee PJ Ofeehuge Section eh noon: Uhthama fandiyaaru
image
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ -- ފޮޓޯ / ސަން
2 ކޮމެންޓް
 

ސުޕްރީމް ކޯޓަކީ ޕީޖީ އޮފީހުގެ ސެކްޝަނެއް ނޫން: އުއްތަމަ ފަނޑިޔާރު

ސުޕްރީމް ކޯޓަކީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ސެކްޝަނެއް ނޫން ކަމަށާއި ޕީޖީން ބޭނުންވާހާ ހިނދަކު މައްސަލަ ޕާކުކޮށްފައި ނުބޭއްވޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އަބްދުލްޤަފޫރުގެ މައްޗަށް ދައުވާ ކުރާ ހިޔާނާތުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

މައްސަލައިގައި ދައުލަތުން ކުރިއަށް ދާން ބޭނުންވާ ގޮތް ހާމަ ކުރުމަށް ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ދައުލަތުގެ ފަރާތުން އަދީބާއި ގުޅޭ ގޮތުން ތުހުމަތު ކުރާ ގިނަ ކަންކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށާއި އަދި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދައުލަތުން ބޭނުން ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ކަމަށް ޕީޖީގެ ވަކީލު ވިދާޅުވިއެވެ.

ޕީޖީގެ ވަކީލް މިފަދައިން ވިދާޅުވުމުން މައްސަލަ ބައްލަވާ ބެންޗުގައި ރިޔާސަތު ބަލަހައްޓަވަން އިންނެވި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މައްސަލައެއްގައި ވަކިބައެއް ބާއްވާފައި އަނެއްބައި ކުރިއަށް ގެންދިއުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓަކީ ޕީޖީ އޮފީހުގެ ސެކްޝަނެއް ނޫން ކަމަށެވެ. އެމަނިކުފާނު ވަނީ އަދީބުގެ އިސްތުއުނާފް މައްސަލަ ކުރިއަށް ގެންދިއުމާއި މެދު ދައުލަތުން ބޭނުންވާ ގޮތެއް ހުށަހެޅުމަށް ދެ ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

އެ މައްސަލައަކީ ޅ. މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އެކުއިޒިޝަން ކޮސްޓްގެ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި މައްސަލައިގައި 2016 ވަނަ ކްރިމިނަލް ކޯޓުން އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުމެކެވެ.

މައްސަލާގައި އަދީބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން ވަނީ މައްސަލަ އަލުން ބެލުމަށް ހުކުމް ކޮށްފައެވެ. އަދި މައްސަލަ އަލުން ބަލަން ނިންމުމުން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އަލުން ބަލާނެ އިތުރު ތަނެއް ނެތްކަން ފާހަގަކޮށް މައްސަލަ ބޭރުކޮށްލައިފައެވެ. އެހެންކަމުން ދައުލަތުން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރިއެވެ.
ހިޔާލު

ހާހާ

މީނަގެ ބޮޑާކަން ފެނިގެން މިދަނީ. މިއީ ހނދ ބޑވ މީހެއްތަ؟

އަހައްމާ

އޯކޭ އެކަމަކު 1 ފެބްރުއަރީ 2018 ގައި ސުޕްރީ ކޯޓަކީ އޭރު ގޮތުން ބުނާނަމަ ޕީޕީއެމްގެ ގޮތްޕެއްތޯ ؟ އަދި އެދުވަހު ނެރުނު ހުކުމގެ ސަބަބުން މިހާރުގެ އުއްތަމަ ފަނޑިޔާރުގެ ހިތްބެލި މީހުން ބުނީ ހިތްނިޔެއް ވަރަށް ސާފޭ އަދި އެވަގުތު ބެންޗުގައި އިން އުއްތަމަ ފަނޑިޔާރުގެ ހިތްނިޔަތް ސާފު ނޫންކަމަށް ބުނެ މަގާމު ލިބުނުގޮތް ހަނދާން ނެތުނީތޯ ؟ ދެ ފަނޑިޔާރުން ވެސްވަނީ އެ ދުވަހުގެ ހުކުމުގައި ސޮއި ކޮއްފައެވެ. މީ ވެސް ލައްކަ ވާހަކަ އިގޯތޯ ؟