Mashhooru comedian John maruvejje
image
ޖޯން
0 ކޮމެންޓް
 

މަޝްހޫރު ކޮމެޑިއަން ޖޯން މަރުވެއްޖެ

މަޝްހޫރު ކޮމެޑިއަން ޖޯން ވިތުސުޕޫން މަރުވެއްޖެ އެވެ.
ޖޯންގެ އާއިލާ އިން ބުނާ ގޮތުގައި އޭނާ މަރުވެފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އޭނާ މަރުވީ ކުއްލި ގޮތަކަށް އޭނާ ދިރިއުޅެމުން އަންނަ ގޭގައި ކަމަށްވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.

އުމުރުން 77 އަހަރުގެ ޖޯންގެ މަރުގެ ހަބަރާއެކު މުޅި ފިލްމު އިންޑަސްޓްރީއަށް ޝޮކެއް ލިބުނުއިރު އޭނާގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

ޖޯން މަރުވިއިރު ދުނިޔޭގައި އޭނާގެ އަންހެނުންނާއި ދެ ފިރިހެން ދަރިން އެބަތިއްބެވެ.

ޖޯން މަސައްކަތްކޮށްފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ހޮލީވުޑް ސަޕަލް" އާއި "ބޫމަރިންގް" އާއި "ވެމްޕަޔާ އިން ބްރޫކްލިން" އަދި "ދަ ލޭޑިސް މޭން އެންޑް ފޭކިން ސަ ފަންކް" ހިމެނެ އެވެ.
މަރު ހޮލީވުޑް
ހިޔާލު