Bodu khiyaanaai Majileehuge Committee akun thahugeegu kureveyne goi hadhan hushahalhaifi
image
އަބްދުﷲ ޖާބިރު --
2 ކޮމެންޓް
 

ބޮޑު ހިޔާނާތް މަޖިލީހުގެ ކޮމެޓީއަކުން ތަހުގީގު ކުރެވޭނެ ގޮތް ހަދަން ހުށަހަޅައިފި

ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު އިންސާފުވެރިކަމާއި އެކުގައި ހިންގުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ ހާއްސަ ކޮމެޓީއެއް އެކުލަވާލައި އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވައިފިއެވެ.
ޖާބިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރު ނެގިގެންދިޔަ މުހިއްމު ވޯޓުތަކުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ފައިސާ ނަގާފައިވާކަން މީޑިއާތަކުން ގެނެސްދޭ ހަބަރުތަކުން އެނގެން އޮންނަ ކަމަށެވެ. އަދި އޭރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ކަމުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށްވެސް ޖާބިރުގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.

ޖާބިރު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގެ ޝަރީއަތްތައް ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ކުރިއަށްދާ ދަނޑިވަޅުގައި އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރެއްވި ފުލުހުންގެ މުއައްސަސާގެ އޭރުގެ ބޭފުޅުންނާއި އަދި އެ މައްސަލަތަކުގެ ދައުވާ އުފުލި ޕްރޮސިކިއުޓާ ޖެނެރަލް މިއަދުވެސް އެ މައްސަލަތައް އަލުން ތަހުގީގު ކުރުމަކީ އެފަރާތްތަކުން މީގެކުރިން އަމަލުކޮށްފައިވާ ގޮތުން ގެއްލިފައިވާ ރައްޔިތުންގެ ހައްގުތައް އަލުން ހޯދައިދެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

ޖާބިރު ވިދާޅުވީ މިހާރު ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި މަޖިލިސް މެންބަރުން ތިއްބެވިކަމާއި ސަލާމަތީ ބާރުތަކާއި ފަނޑިޔާރުންވެސް އަދި ވިޔަފާރިވެރިންވެސް މި ހިޔާނާތުގެ މައްސަލާގައި ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެ ތަހުގީގު ކުރިއަށް ގެންދާއިރު އެންމެ ފުރަތަމަ ހާޒިރު ކުރެވޭ ފަރާތަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ވެއްޖެނަމަ ތަހުގީގު ކުރިއަށް ގެންދިއުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ޖާބިރު މިފަދައިން ވިދާޅުވެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވަނީ 19ވަނަ މަޖިލީހުގައި 16 މެންބަރަކަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ. އަދި 18ވަނަ މަޖިލީހުގެ 44 މެންބަރަކަށް އެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިޔާލު

ލައިމާކޯ

މިކަން މިގޮތަށް ކުއްލިއަކަށް ވިސްނިވަޑައިގެންކަމާއިމެދު ޝައްކުއުފެދެއެވެ. ރައީސް ޞާލިޙްގެ އެޑުވައިޒަރުގެ މަޤާމުގައި ހުންނެވިއިރު ލިބެމުންދިޔަ މަންފާތަކާއި ލިބިދާނެ މަންފާތަކުގެ އުފަލުގައި ވިސްނިވަޑައި ނުގަތީތާއެވެ! ޙައިރާންވާވަރުގެ ކަމެކެވެ. އަނބިކަމަނާއަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުކަން ނުލިބުނުހަމައިން ކުއްލިއަކަށް ވިސްނިވަޑައިގަތީބާވައެވެ؟ ވަރަށްވެސް ހެއްވާކަމެއް!
ރައްޔިތުންގެ މަޖިލީހުގެ ތަޅުމަކީ މިފަދަ ޒާތީހަސަދަފިލުވަންއޮންނަތަނެއްތޯ؟ ނުވަތަ ހަރުދަނާ ޤާނޫނުހަދައި ރައްޔިތުންނަށް މަންފާކުރަނިވިގޮތްގޮތަށް ވިސްނައި ޤާނޫނުފަރުމާކޮށް ޤާނޫނާއިބެހޭކަންތައްކުރާތަނެއްނޫންތޯއެވެ؟ ޢަޖައިބެކެވެ!

ަނޒެެހ

ޗިދނ