14 Rashakah Magistratunnaai is magistratun hoadhanee
image
މެޖިސްޓްރޭޓުން ހުވާ ކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން -- ފޮޓޯ / އަވަސް
0 ކޮމެންޓް
 

11 ރަށަކަށް އިސް މެޖިސްޓްރޭޓުންނާއި ތިން ރަށަކަށް މެޖިސްޓްރޭޓުން ހޯދަން އިއުލާނުކޮށްފި

ސާދަ ރަށެއްގެ މެޖިސްޓްރޭޓުންނާއި އިސްމެޖިސްޓްެރޭޓުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާނުކޮށްފިއެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި 14 ރަށެއްގެ އިސްމެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުންނަށް ކުރިމަތިލުމަށް އެ ކޮމިޝަނުން ހުޅުވާލައިފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 14ވަނަ ދުވަހުގެ މެންދުރު 12:30އާ ހަމައަށް އެ ފުރުސަތު ހުޅުވާލައިފައި އޮންނާނެ ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.

ޖޭއެސްސީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުގައި އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާނު ކޮށްފައި ވަނީ 11 ރަށަކަށެވެ. މެޖިސްޓްރޭޓުން ހޯދަން އިއުލާނުކޮށްފައި ވަނީ ތިން ރަށަކަށެވެ.

އިސް މެޖިސްޓްރޭޓުން ހޯދާ ރަށްތައް:
ހދ. ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް
ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓް
ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް
ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓް
އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓް
އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓް
ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް
ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓް
ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓް
ގއ. ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓް
ގދ. ފަރެސްމާތޮޮޑާ މެޖިސްޓްރޭޓް ކޯޓް
މެޖިސްޓްރޭޓުން ހޯދާ ރަށްތައް:
ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓް
ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓް
ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓް

އިއުލާނުގައި ވާގޮތުން އިސް މެޖިސްޓްރޭޓެއްގެ އަސާސީއާ މުސާރައާއި އެހެނިހެން އެލެވެންސްތަކާއެކު ޖުމްލަ މުސާރައަކީ 25،600 އެވެ. މެޖިސްޓްރޭއްގެ ޖުމްލަ މުސާރައަކީ 23،450 ރުފިޔާއެވެ.

ޖޭއެސްސީން ބުނީ އެ މަގާމުތަކަށް ކުރިމަތިލާ ފަރާތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު؛ ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު، ފަނޑިޔާރުކަމުގައި ނުތަވަ ގާނޫނީ ވަކީލުކަން ކުރުމާއި އެ ދެކަމުގައި ނުވަތަ، ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ.
ޖޭއެސްސީ
ހިޔާލު