Marjaavaan ge 2 vana trailer eh nerefi
image
މަރްޖާވާންގެ ޕޯސްޓަރެއް---
0 ކޮމެންޓް
 

"މަރްޖާވާން"ގެ ދެވަނަ ޓްރެއިލާއެއް ނެރެފި

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެއް ކަމަށްވާ "މަރްޖާވާން"ގެ ދެވަނަ ޓްރެއިލާއެއް ނެރެފިއެވެ.
މަރްޖާވާންގެ ފުރަތަމަ ޓްރެއިލާ ނެރެފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު އަނެއްކާ ވެސް މިވަނީ އިތުރު ޓްރެއިލާ އެއް ނެރެފައެވެ.

ފިލްމުގެ ދެވަނަ ޓްރެއިލާ ވެސް ބޮޑު ތަރުހީބެއް ލިބެމެން އަންނަ އިރު ގިނަ ބަޔަކު މިހާރު ތިބީ ފިލްމު ނެރޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.


ފިލްމުގައި ލީޑު ރޯލުން ފެނިގެންދާނީ ސިދާތު މަލްހޯތުރާ އާއި ތާރާ ސުތަރިއާ އެވެ. އަދި ވިލަން އެއްގެ ރޯލުން ފިލްމުގައި ފެނިގެންދަނީ ރިތޭޝް ދޭޝްމުކް އެވެ. ފިލްމުގައި އޭނާ ފެނިގެންދަނީ ޑުވާފް (ކުރު މީހެއް)ގެ ރޯލުންނެވެ.

މިލިޕް މިލަން ޒަވޭރީ ޑައިރެކްޓުކުރާ މިފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިމަހު 15 ވަނަ ދުވަހުއެވެ.
ހިޔާލު