Samaaluvey! BML ge namugai Fake Mail eh
image
ބީއެމްއެލް--
0 ކޮމެންޓް
 

ސަމާލުވޭ! ބީއެމްއެލްގެ ނަމުގައި ފޭކު މެއިލްއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި ފޭކް މެއިލްތަކެއް އާންމުންނަށް ފޮނުވަމުންދާކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން ބުނެފައި ވަނީ އެ ބޭންކު ބޭނުންކުރާ ފަރާތްތަކަށް ރޫޓީން ސެކިއުރިޓީ ޗެކު ކުރުމުގެ ނަމުގައި ބަޔަކު ފޭކު މެއިލް ފޮނުވާ ކަމަށެވެ.

އެ މެއިލްގައި އަންގަނީ އިންޓަނެޓް ބޭންކު އެކައުންޓު ވެރިފައި ކުރުމަށް ލިންކަކަށް ދާށެވެ.

އެހެންވެ އެކަމާ ގުޅިގެން އެ ބޭންކުން ކުރި ޓްވީޓެއްގައި ބުނީ އެއްވެސް އެކައުންޓެއް ވެރިފައި ކުރަން ނުވަތަ އިންޓަނެޓް ބޭންކިން މައުލޫމާތު ހޯދުމަށް ޓަކައި އެކުންފުނީން މެއިލް މެދުވެރިކޮށް ނާންގާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުގައި ވެސް އީމެއިލް މެދުވެރިކޮށް ބީއެމްއެލްގެ އެކައުންޓް ވެރިފައި ކުރުމަށް ކަމަށް ބުނެ ވަނީ ހަމަ އެފަދަ މައްސަލަތަކެއް ފެންމަތިވެފަ އެވެ.

އެކި ފަރާތްތަކުން ބޭންކުގެ ކަސްޓަމަރުންނަށް އޮޅުވާލުމަށްޓަކައި ތަފާތު އެކި މަސައްކަތް ކުރަމުންދާތީ އެކުންފުނިން އަންނަނީ ދޭތެރެ ދޭތެރެއިން އެކަމަށް އާންމުން ހޭލުންތެރިކުރުމުންނެވެ.
ބީއެމްއެލް
ހިޔާލު