9 Lakka dollar ah Celta Vigo ge jersey gai Raajje ishthihaaru kuranee
image
މިނިސްޓަރު އަލީ ވަހީދު
0 ކޮމެންޓް
 

ނުވަ ލައްކަ ޑޮލަރަށް ސެލްޓަވީގޯގެ ޖާޒީގައި ރާއްޖެ އިޝްތިހާރު ކުރަނީ

ސްޕެއިންގެ ލަލީގާގައި ވާދަކުރާ މަޝްހޫރު ކްލަބެއް ކަމުގައިވާ ސެލްޓަވީގޯގެ ޖާޒީގައި 900،000 ޑޮލަރަށް ރާއްޖެ އިޝްތިހާރު ކުރަން ނިންމައިފި އެވެ.
މިކަމާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށްފަހު ރަސްމީ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ސްޕެއިނަށް ފުރާވަޑައިގެންފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އަލީ ވަހީދު ވިދާޅުވީ އަންނަ މަހުގެ ނުވަވަނަ ދުވަހު ބާސެލޯނާ އާއި ސެލްޓަވީގޯ ގުޅޭ މެޗަށް ނުކުންނާނީ ދިވެހިރާއްޖޭގެ އިޝްތިހާރު ޖެހި ޖާޒީގައި ކަމަށެވެ.

އެއްބަސްވުމުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ސެލްޓަވީގޯގެ އޮފިޝަލް ސްޕޮންސަރާއި އޮފިޝަލް ޓުރިސްޓް ޑެސްޓިނޭޝަންގެ މަގާމުގެ އިތުރުން ކުޅުންތެރިންގެ އޮފިޝަލް ޖާޒީ އާއި، ޓްރެއިނިން ޖާޒީ ސްޓާފުންނާއި، ޓްރެއިން ސްޓާފުންގެ ޔުނީފޯމުގައި ވިޒިޓް މޯލްޑިވްސް ލޯގޯ ބޭނުން ކުރެވޭނެވެ.

މިއެއްބަސްވުމުގެ ތެރެއިން ސެލްޓަވީގޯގެ ސްޓޭޑިއަމްގައި ހުންނަ ލެޑް ސްކްރީން ތަކުގައި ރާއްޖޭގެ ވީޑިއޯތައް ދައްކާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެ ކްލަބުން ކަޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެ ކްލަބްގެ ކުޅުންތެރިންވެސް ރާއްޖެ އިޝްތިހާރު ކުރާނެ އެވެ.

ތިން އަހަރުގެ މުއްދަތަކަށް އެ ކްލަބުން ރާއްޖޭ އިޝްތިހާރު ކުރާނެ އެވެ. ނުވަ ލައްކަ ޑޮލަރު ކޮންމެ އަހަރަކު މިކަމަށް ހޭދަވާނެ އެވެ. ލަލީގާ އަކީ އެތައް ބިލިއަން ބައެއް ބަލާ ލީގެއް ކަން ފާހަގަކުރައްވާ މިއީ މިކަމަށް އެންމެ ރަނގަޅު އަގެއް ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.
ހިޔާލު