Villa Air ge fleet ah aa boat eh ganefi
image
ވިލާ އެއާގެ އެއާކްރާފްޓެއް
0 ކޮމެންޓް
 

ވިލާ އެއާގެ ފްލީޓަށް އާ ބޯޓެއް ގަނެފި

ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމުގައިވާ ވިލާ އެއާގެ ފްލީޓަށް އާ ބޯޓެއް ގަނެފި އެވެ.
ވިލާ އެއާ އިން ބުނީ އެކުންފުނިން ގަނެފައިވަނީ އޭޓީއާރު 066-72 މަރުކާގެ އެންމެފަހުގެ މަތިންދާ ބޯޓެއް ކަމަށެވެ.

ވިލާ އެއާގެ އާ އާބޯޓް މި ފެށޭ ހަފްތާގެ ތެރޭގައި ރާއްޖެއަށް ގެނައުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

ފްރާންސްގައި އޮތް މި ބޯޓުގެ ޓެސްޓްތަކެއް ހަދަމުންދާއިރު މިބޯޓްގެ އަގު 20 މިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ.

ވިލާ އެއާ އިން ބުނީ އާ ބޯޓާ އެކު ރާއްޖެގެ އިތުރު މަންޒިލްތަކަށް ދަތުރުކުރުމަށްޓަކައި ހުއްދައަށް އެދިފައިވާނެ ކަމަށެވެ. އެގޮތުން ރ. އިފުރު އެއާޕޯޓާއި، ނ. މާފަރު އެއާޕޯޓަށް ދަތުރުތައް ފެށުމަށް ހުއްދައަށް ވަނީ އެދިފަ އެެވެ.

ވިލާ އެއާގެ ފްލައިމީން މިހާރު ދަތުރުކުރަމުން ދަނީ އދ. މާމިގިލީގެ އިތުރުން ބ. ދަރަވަންދޫ އަށެވެ.

ވިލާ އެއާގެ ސީޕްލޭން ދަތުރުތައް ފެށުމަށް ޓްވިން އޮޓާ 300 ސީރީޒްގެ ހަތަރު ބޯޓު ރާއްޖެ ގެނައުމަށްވެސް ވިލާ އެއާ އިން ދަނީ މަސައްކަތް ކުރަމުންނެވެ.
ހިޔާލު