Male gai midhiya hafthaagai 58 accident higi: fuluhun
image
މާލޭގައި އެކްސިޑެންޓެއް ހިނގާފައި -- ފޮޓޯ: ވީނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މާލޭގައި މިދިޔަ ހަފްތާގައި 58 އެކްސިޑެންޓް ހިނގި: ޕޮލިސް

މާލޭގައި މިދިޔަ ހަފްތާގައި 58 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން މިއަދު ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 26 އިން މިމަހު އެއްވަނަ ދުވަހަށް މާލޭގައި 58 އެކްސިޑެންޓް ހިނގާފައިވާއިރު އެކްސިޑެންޓްތަކުގައި 14 މީހަކަށް ވަނީ އަނިޔާ ވެފަ އެވެ.

މިމުއްދަތުގެ ތެރޭގައި 621 އުޅަނދު ބަލައި ފާސްކޮށް، ލައިސަންސް ނެތް 69 މީހުން ވަނީ ހިފަހައްޓާފަ އެވެ. އަދި ލައިސަންސް ކާޑު އަތުގައި ނެތި ދުއްވައިގެން 39 މީހަކު ހިފަހައްޓާފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މީގެއިތުރުން މިމުއްދަތުގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން 557 އުޅަނދެއްގައި ސްޓިކާ ޖަހާފައިވާ ކަމަށް ވެސް ފުުލުހުން ވަނީ ބުނެފަ އެވެ. މިއީ އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 80 ސްޓިކާ އެވެ.

އުޅަނދު ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރު ސްޕީޑެއްގައި ދުއްވައިގެން ފަސް މައްސަލަ އެއް ފާހަގަކޮށްފައިވާއިރު އުޅަނދު ދުއްވަމުން ފޯނުގައި އިން 19 މައްސަލަ ވެސް ރިޕޯޓުކޮށްފައިވާ ކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.

ފުލުހުން މިދިޔަ މަހު 27 ވަނަ ދުވަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 19 އިން 25 ވަނަ ދުވަހާ ހަމައަށް މާލޭގައި 41 އެކްސިޑެންޓް ހިނގާފައިވެ އެވެ. މީގެ ތެރެއިން 11 އެކްސިޑެންޓުގައި މީހުންނަށް އަނިޔާވެފައިވާ ކަންވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ހިޔާލު