Iss gaazee hailam ge sulookee massala eh balanee
image
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް
1 ކޮމެންޓް
 

އިސްގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަނީ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމްގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.
ޖޭއެސްސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެ ކޮމިޝަންގެ ރައީސް އަބްދުﷲ އަރީފުގެ ރިޔާސަތުގައި ކޮމިޝަންގެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ. އަދި އެ ބައްދަލުވުމުގައި، ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕެއް ކަމުގައިވާ "ސީސީއާރްސީ އެކުވެރިންގެ ދަރުބާރު"ގައި ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ޖަހާފައިވާ ޕޯސްޓާއި ގުޅިގެން ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާ ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާކަމަށެވެ.

"ކޮމިޝަނުން މިހެން ނިންމީ، މިއަމަލަކީ ސާބިތުވެއްޖެނަމަ، ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ވާނެ މައްސަލައަކަށްވާތީއެވެ." ޖޭއެސްސީން މީޑިއާތަކަށް މައުލުމާތު ދެމުން ބުނެފައިވެ އެވެ.

ގާޒީ ހައިލަމް އިއްޔެ ފޮނުވި ނަސްރު ދުވަހުގެ ތަހުނިޔާ މެސެޖްގައި ވަނީ ރައީސް ސޯލިހްގެ އިތުރުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނޮވެމްބަރު ތިނެއްގެ ބަގާވާތުގައި އަމަލީ ގޮތުން ބައިވެރިވި އަބްދުﷲ ލުތުފީ އާއި ސަގަރު ނާސިރުގެ އިތުރުން އެކަމުގެ އިތުރު ބައިވެރިންގެ އަތުގައި ބިޑި އަޅައި ކަރުގައި ޗޭނު ޖަހާފައި ދަމާފައި ގެންދާ ތަން ފެންނަ ކުރެހުމެކެވެ.



ގާޒީ ހައިލަމްގެ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމާފައިވާއިރު، ގާޒީ ހައިލަމް އަންނަވަނީ ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ބައްލަވަމުންނެވެ. އަދި އެ މައްސަލައިގެ ހުކުމް އިއްވުން މާދަމައަށް ވަނީ ތާވަލު ކޮށްފައެވެ.
ހިޔާލު

އަހުމަދު

ހުކުމުގެ ތަފްޞީލް ހައިލަމްގެ ފޮޓޯއިން ނަޞްރުގެ ދުވަހާއި ގުޅުވައިގެން ބަޔަކަށް އުފާވެރިކަން ގެނެސްދިނުން...
މިއީވެސް 0 މުސްލިމް ޤައުމުގެފަޑިޔާރުންގެ އަދުގެ ހާލަތު ...؟ މިކަހަލަ ފަޑިޔާރުންނާއިމެދު ދީނީ މީހުން ގެ ރައުޔަކީ ކޮބައިތޯއެވެ ..؟