BML Islamic personal financing 1 dhuvas therey hamajahsaidhenee
image
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އެއް ދުވަސްތެރޭ ހަމަޖައްސައިދެނީ

ޕާސަނަލް ފައިނޭންސިން ހިދުމަތް އެއް ދުވަސްތެރޭ ހަމަޖައްސައިދޭ ގޮތަށް ބީއެމްއެލް އިސްލާމިކް އިން ހަމަޖައްސައިފި އެވެ.
މިބޮޑު ބަދަލާއެކު މިއީ ރާއްޖޭގައި މިވަގުތު އިސްލާމިކް އުސޫލުތަކުގެ މަތިން އެންމެ އަވަހަށް ލިބޭ ޕާސަނަލް ފައިނޭންސިންގެ ހިދުމަތެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަކީ މުސާރަ ޖަވާމާ ފަރާތްތަކަށް އަމާޒުކޮށް މަހުންމަހަށް ފައިސާ ދައްކާ ގޮތަށް 300،000 ރުފިޔާ އާ ހަމައަށް ބީއެމްއެލް އިސްލާމިކް އާ އެކު އެއްބަސްވުން އެކުލަވާލާފައިވާ ވިޔަފާރިތަކުން މުދާ ގަނެވޭ ހިދުމަތެކެވެ.

އިމާރާތްކުރުމަށް ބޭނުންވާ ސާމާނު، އިލެކްޓްރޯނިކްސް، ފަރުނީޗަރާއި ހިފާގެންގުޅޭތަކެތި އަދި މޮޓޯ ސައިކަލް ފަދަ މުދާ މިސްކީމުގެ ދަށުން ނެގެ އެވެ. މިފެސިލިޓީގެ ދަށުން މުދާ ނެގިނަމަވެސް އެއްވެސް އެޑްވާންސް ޕޭމަންޓެއް އަދި ޕްރޮސެސިން ފީއެއް ދައްކާކަށް ނުޖެހެ އެވެ.

މިހިދުމަތާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިބަދަލަކީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"ޕާސަނަލް ފައިނޭސިން އަށް ލިބެމުންދާ އާންމުންގެ ބޮޑު ތަރުހީބާއެކު އެއްދުވަސްތެރޭ މި ހިދުމަތް ފޯރުކޮށްދެވިގެންދާ ކަމީ ވަރަށް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް." ޓިމް ސޯޔާ ވިދާޅުވި އެވެ.

ބީއެމްއެލް އިން އެ ބޭންކް އިސްލާމިކް ހިދުމަތްތައް ފަރުމާކޮށްފައިވަނީ އިސްލާމިކް ބޭންކިންއާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން ކަމަށެވެ.

ބީއެމްއެލް އިސްލާމިކްގައި ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގަ އެވެ. އަދި މިފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. މިމަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.
ބީއެމްއެލް ކުންފުނި
ހިޔާލު