viber group ah photo lee hukum laskurumah?
image
ފޮޓޯ: ސަން
2 ކޮމެންޓް
 

ވައިބާ ގްރޫޕަށް ފޮޓޯލެއްވީ ހުކުމް ލަސްކުރަންތަ؟

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮޓޮއެއް ލެއްވީ ކްރިމިނަލް ކޯޓުގައި ކުރއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރިއަތުގައި ހުކުމް ކުރުން ލަސްކުރުމަށް ކަމަށްބުނެ ބައެއް ފަރާތްތަކުން ޝުއޫރުފާޅުކުރަން ފަށައިފި އެވެ.
ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕެއް ކަމުގައިވާ "ސީސީއާރްސީ އެކުވެރިންގެ ދަރުބާރު"ގައި ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން އެ ކޯޓުގެ އިސްގާޒީ ހައިލަމް ޖެއްސެވި ފޮޓެއެއްގެ މައްސަލަ ބޮޑުވެ އެ މައްސަލަ ޖޭއެސްސީ އިންވެސް ބެލުމަށް ވަނީ ނިންމާފައެވެ.

ގާޒީ ހައިލަމް އިއްޔެ ފޮނުވި ނަސްރު ދުވަހުގެ ތަހުނިޔާ މެސެޖްގައި ވަނީ ރައީސް ސޯލިހްގެ އިތުރުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނޮވެމްބަރު ތިނެއްގެ ބަގާވާތުގައި އަމަލީ ގޮތުން ބައިވެރިވި އަބްދުﷲ ލުތުފީ އާއި ސަގަރު ނާސިރުގެ އިތުރުން އެކަމުގެ އިތުރު ބައިވެރިންގެ އަތުގައި ބިޑި އަޅައި ކަރުގައި ޗޭނު ޖަހާފައި ދަމާފައި ގެންދާ ތަން ފެންނަ ކުރެހުމެކެވެ.

މި ފޮޓޯ ވައިބާ ގްރޫޕުގައި އިސްގާޒީ ހައިލަމް ޖެއްސެވި އިރު، މާދަމާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ހުކުމް ކުރުމަށް ތާވަލުކޮށްފައި އޮތް ދުވަހެވެ.

އެހެންނަމަވެސް ގާޒީ ހައިލަމް ލެއްވި ފޮޓޯގެ މައްސަލަ ޖޭއެސްސީން ސުލޫކީ މައްސަލަ އެއްގެ ގޮތުގައި ބެލުމަށް ނިންމުމާއި ގުޅިގެން، ކުރީގެ ރައީސް ޔާމީންގެ ހުކުމް ކުރުމަށް ބާއްވާ ޝަރިއަތް ފަސްކުރާނޭ ކަމަށް ބައެއްފަރާތްތަކުން ބުނެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަނީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ މައްސަލައިގައި އެކަމިނިކުފާނާއި އެއްކޮޅަށް ހުކުމް ކުރުމަށް އިސްގާޒީ ހައިލަމް 2 މިލިއަން ޑޮލަރު ނެންގެވި ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައިލަމް ކްރިމިނަލް ކޯޓަށް އައްޔަނު ކުރައްވަފައި ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އަދި ހައިލަމް އިސްގާޒީގެ މަޤާމަށް އައްޔަނު ކޮށްފައިވެސްވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.
ހިޔާލު

އިހުސާނާ

މީގެން އެނގެނީ ތި ގާޒީންގެ ކުފޫ ހަމަ ނުވާކަން!

އަހައްމާ

ފަނޑިޔާރުންގެ ވާހަކައަކީ އަބަދު ރައްޔިތުން ދައްކަން ނުކުރޭ ސިއްރު ވާހަކައެކެވެ. ހާއްސަކޮށް ޖުޑީޝަރީ ތެރޭގައި މިދިޔަ ދިގު މުއްދަތުގައި ކޯޓުތަކަށް އަތްބޭނުމަށްޓަކައި ވަކިބަޔަކު އެކިތަންތަނުން ގެނައިސް ޖަމާކޮށް އެމަސައްކަތްތަށް ކުރާތާ ވަރަށް ޒަމާން ވެއްޖެއެވެ. އެގޮތުން ގާޒީކަށް ލިބި ވަރަށް ކުރުމުއްދަތުގައި އެ ފަނޑިޔާރުނަށް ބޮޑެތި މަންފާތަކާއި އަދި ނުފޫޒްގަދަ ފަނޑިޔާރުންނަ ބަދަލުވެއެވެ. އެގޮތުން ފާހަގަ ކޮއްލާއިރު 2012 ފެށިގެން ވަކިބަޔަކު މަތީ ކޯޓުތަކަށް ބަދަލުވެފައި އެވަނީ އެފަދަ ނުފޫޒް ގަދަ ސިޔާސީ އަދި މަހުޖަނުން ބުނާހާގޮތަކަށް ހުކުމްތަށް ނެރޭތީއެވެ. މީ ހަގީގަތެވެ.