Gaazee Hailam 2 million Rufiyaage Rishvath negikamuge thuhumathu
image
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް: ފޮޓޯ ސަން
2 ކޮމެންޓް
 

ރައީސް ޔާމިންގެ މައްސަލަ ބައްލަވާ ގާޒީ ހައިލަމް ދެ މިލިއަން ރުފިޔާ ނެގިކަމުގެ ތުހުމަތު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ދެ މިލިއަން ރުފިޔާގެ ރިޝްވަތު ނެންގެވިކަމުގެ ތުހުމަތު ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކުރައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވެފައިވަނީ ހައިލަމް އެ ފައިސާ ނެންގެވީ ރައީސް ޔާމިންއާ އެއްކޮޅަށް ހުކުމް ކުރެއްވުމަށް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ފަދަ ބައެއް ބޭފުޅުން ސިފަވާ ފޮޓޮއެއް ލެއްވީ ކްރިމިނަލް ކޯޓުގައި ކުރއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރިއަތުގައި ހުކުމް ކުރުން ލަސްކުރުމަށް ކަމަށްބުނެ ބައެއް މީހުން އަންނަނީ ޝުއޫރު ފާޅު ކުރަމުންނެވެ.

ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕެއް ކަމުގައިވާ "ސީސީއާރްސީ އެކުވެރިންގެ ދަރުބާރު"ގައި ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން އެ ކޯޓުގެ އިސްގާޒީ ހައިލަމް ޖެއްސެވި ފޮޓެއެއްގެ މައްސަލަ ބޮޑުވެ އެ މައްސަލަ ޖޭއެސްސީ އިންވެސް ބެލުމަށް ވަނީ ނިންމާފައެވެ.

ގާޒީ ހައިލަމް އިއްޔެ ފޮނުވި ނަސްރު ދުވަހުގެ ތަހުނިޔާ މެސެޖްގައި ވަނީ ރައީސް ސޯލިހްގެ އިތުރުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނޮވެމްބަރު ތިނެއްގެ ބަގާވާތުގައި އަމަލީ ގޮތުން ބައިވެރިވި އަބްދުﷲ ލުތުފީ އާއި ސަގަރު ނާސިރުގެ އިތުރުން އެކަމުގެ އިތުރު ބައިވެރިންގެ އަތުގައި ބިޑި އަޅައި ކަރުގައި ޗޭނު ޖަހާފައި ދަމާފައި ގެންދާ ތަން ފެންނަ ކުރެހުމެކެވެ.
ހިޔާލު

ޙާލިމް

މީ މިދައްކާ ވާހަކައިގެ ހެކި. ރައްޔިތުންނަށް އިންސާފާޢި ޙައްޤު ހޯދައި ދިނުމުގެ މަތިވެރި ޒިންމާ އަދާ ކުރުމަށް ހުވާ ކުރުމަށްފަހު އުޅޭ ދަށު ދަރަޖަ. މި މީހުން މިހާރުން މިހާރަށް ބޭރު ކުރަންވީ. މީނާ ހަމަ ވަގުތުން ވަކި ކުރަންވީ. އަދި މައްސަލަ ބަލާ މީނާ އާ މެދު ފިޔަވަޅު އަޅަންވީ.

ޢަނީ

2 މިލިޔަން ޑޮލަރޭ ނިހާދު ކީ... ހަބަރު ލިޔާއިިރު ބަލާލާ ރަނގަޅަށް..