5 aharu dhuvahuge thereyga MDP in 600000 ruh indhaane: Ibrahim Rasheed
image
0 ކޮމެންޓް
 

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގަ އެމްޑީޕީން 6 ލައްކަ ރުއް އިންދާނެ: އިބްރާހިމް ރަޝީދު

އެމްޑީޕީން ފަސް އަހަރު ދުވަހުގެ ތެރޭގަ އެމްޑީޕީން 6 ލައްކަ ރުއް އިންދާނެކަމަށް އެ ޕާޓީގެ ފިޝަރީޒް އެންޑް އެގްރިކަލްޗާ ކޮމެޓީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.
ސީއެންއެމްއާ ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ މި ޕްރޮޖެކްޓުގެ ދަށުން މި މަހު ތެރޭގަ ބ. ތުޅާ ގިރީގައި 1500 ރުއް އިންދުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ.

"ކުރިން ރުކުގެ ލަކުޑި ބޭނުންކުރަނީ އޮޑި ދޯނި ބަންނަން. މިހާރު ރުއް ބޭނުން ކުރަނީ އަލަށް ހިއްކާ ބިންތަކުގެ ލޭންޑް ސްކޭޕް ހެދުމަށް. ރުކަކީ ފީވެގެން ވެއްޓޭ އެއްޗަކަށް ވެގެން ނުވާނެ،" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ބޮންޑާ ދާދިފަހުން މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވެސް ރުއްގަސް އިންދުމަށް އިތުރު ބިން ދޫކުރުމަށް ގޮވާލައްވާފައިވެއެވެ.

އޭނާ ވިދާޅުވީ، ރުއްގަހުގެ ވިޔަފާރު ކުރާނަމަ އެކަން ކުރަންވާނީ ތިމާވެއްޓަށް ގެއްލުނުވާނެ ގޮތަށެވެ. އަދި ރަށްރަށުގެ ހޭޅިފަށުގައި ހުންނަ މުހިންމު ރުއްގަސް އުފުރައިގެން ގެންގޮސްގެން ނުވާނެކަމަށްވެސް ވިދާޅުވިއެވެ.

"ރުކަކީވެސް އޭގެން އިގްތިސާދީ ފައިދާތަކެއް ހޯދިދާނެތަކެކި. ކުރިން އޮޑިދޯނި ފަހަރު ބަނުމަށް ރުއްގަސް ކެނޑީ. މިހާރު ރުކަކީ މަރުވުމަށްފަހު ފީވެގެން ވެއްޓޭ އެއްޗެއް. އަޅުގަނޑު މި ދަންނަވަނީ ރުކަކީވެސް އިގްތިސާދީ ފައިދާތަކެއް ހޯދިދާނެތަކެއްޗޭ. އެހެން ނަމަވެސް އެކަން ކުރަންވާނީ ރުއްގަސް އިންދައިގެން. ތިމާވެއްޓަށް ގެއްލުން ނުވާހެނެހެން އެކަން ކުރަންވާނީ. ހޭޅިފަށުން ރުއް ނަގައިގެން ނުވާނެ،"

އޭނާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ތިން ލައްކަ ރުއް ގަނެ ވިއްކުމުގެ ވިޔަފާރި ހިނގާނެކަމަށް ބެލެވޭކަމަށެވެ.
މަޖިލިސް އެމްޑީޕީ
ހިޔާލު