Shareeai Cancel koh, Issgaazee Hailam suspend kohffi
image
ގާޒީ އަހްމަދު ހައިލަމް
2 ކޮމެންޓް
 

ޔާމީންގެ ޝަރީއަތް ކެންސަލް ކޮށް، އިސްގާޒީ ހައިލަމް ސަސްޕެންޑް ކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް ސަސްޕެންޑް ކޮށްފި އެވެ.
ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ހުކުމް އިއްވަން މިއަދަށް ތާވަލްކުރި ޝަރީއަތުގެ އަޑުއެހުން ވެސް މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ.

ޖޭއެސްސީން ބުނެފައިވަނީ، އިއްޔެ އެކޮމިޝަނުން ބަލަން ނިންމި ގާޒީ ހައިލަމްގެ ސުލޫކީ މައްސަލަ އާއި ގުޅިގެން ތަހުގީގު ކޮމިޓީއަށް ހާޒިރުވުމަށް އެންގުމުން، ތަހުގީގު ކޮމިޓީއަށް ހާޒިރު ނުވެވޭނޭކަމަށް ބުނެ އިސްގާޒީ ހައިލަމް ސިޓީ އެއް ފޮނުވާފައިވާކަމަށެވެ. އަދި ކޮމިޝަނަށް ހާޒިރު ނުވެވޭނޭކަމަށް ބުނެފައިވާ އުޒުރަކީ މަޤުބޫލު ސަބަބެއް ނޫންކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ. އަދި އިސްގާޒީ ހައިލަމް ފޮނުއްވި ސިޓީގައި، ތަހުގީގު ކޮމިޓީއަށް ހާޒިރުވުމަށް އެންގި މައްސަލައިގައި ކަން ހިނގާދިޔަ ގޮތް ނޮވެމްބަރު 04 ވަނަ ދުވަހުގެ ރޭ ނެރުއްވި ނޫސްބަޔާނުގައި ތަފްސީލުކޮށްފައިވާކަމަށް ބުނެފައިވާކަމާއި، އަދި އެއީ އެމައްސަލައިގައި ޖޭއެސްސީއަށް ދޭންއޮތް މައުލޫމާތު ކަމަށް އިސްގާޒީ ހައިލަމް ސިޓީގައި ވިދާޅުވެފައިވާކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.

އެހެން ކަމުން އިސްގާޒީ ހައިލަމް ނެރުއްވި ބަޔާނަކީ އޭނާގެ ބަހެއްގެ ގޮތުގައި ބަލައިގަނެވޭ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.

އަދި މައްސަލައިގެ ޒާތުން އިސްގާޒީ ހައިލަމް މަސައްކަތަށް ނިކުމެ އުޅުމަކީ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިދާނެ ޒާތުގެ މައްސަލައެއް ކަމަށް ބެލެވޭކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ. އެހެން ކަމުން 60 ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ވަޒިފާއަށް ނުނިކުމެ މަޑުކުރުމަށް އިސްގާޒީ ހައިލަމަށް ޖޭއެސްސީން ވަނީ އަންގާފަ އެވެ.

އިސްގާޒީ ހައިލަމްގެ ސުލޫކީ މައްސަލަ އެއް ބެލުމަށް ޖޭއެސްސީން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕެއް ކަމުގައިވާ "ސީސީއާރްސީ އެކުވެރިންގެ ދަރުބާރު"ގައި ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ޖަހާފައިވާ ޕޯސްޓާއި ގުޅިގެން ނެވެ.

ގާޒީ ހައިލަމް ފޮނުވި ނަސްރު ދުވަހުގެ ތަހުނިޔާ މެސެޖްގައި ވަނީ ރައީސް ސޯލިހްގެ އިތުރުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނޮވެމްބަރު ތިނެއްގެ ބަގާވާތުގައި އަމަލީ ގޮތުން ބައިވެރިވި އަބްދުﷲ ލުތުފީ އާއި ސަގަރު ނާސިރުގެ އިތުރުން އެކަމުގެ އިތުރު ބައިވެރިންގެ އަތުގައި ބިޑި އަޅައި ކަރުގައި ޗޭނު ޖަހާފައި ދަމާފައި ގެންދާ ތަން ފެންނަ ކުރެހުމެކެވެ.

އެމައްސަލައިގައި ހައިލަމް ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ ކްރިިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް އޭނާ ނަސްރުގެ ދުވަހުގެ ތަހުނިޔާގެ މެސެޖެއް ހިމެނޭ ފޮޓޯއެއް ޕޯސްޓުކުރީ އެ ފޮޓޯގައި ހ. ހާޖަރާގެ، އަބްދުﷲ ލުތުފީ ހުރިކަން އެނގުމުން ކަމަށެވެ. އަދި އެ ފޮޓޯ ޕޯސްޓުކުރިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ކުރެހުމުގައި ހުންނެވިކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ހައިލަމްގެ ބަޔާނުގައި ވިދާޅުވި އެވެ.
ހިޔާލު

ިއިދުރީސް

އަދި އެ ފޮޓޯ ޕޯސްޓުކުރިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ކުރެހުމުގައި ހުންނެވިކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ހައިލަމްގެ ބަޔާނުގައި ވިދާޅުވި އެވެ. މިވަރުގެ ..އީން ސަރިޔަތް ކުރަން ބާންދާކައް ނުވާނެ. އަވަހައް މަގާމުން ދުރުކުރޭ

ޢަރީފް

ޢެހެންވީމާ ޤާޞީކަމަށްވެސް ކުފޫހަމަ ނުވޭތާއެވެ. ޤާޞީކަން ކުރެވޭނީ ބުއްދިސަލާމަތުން ހުރިމީހަކަށް.