Supreme court ge Secretary General ah uhthama fandiyaaru inzaaru dhin massala balanee
image
ފޮޓޯ: އަވަސް
1 ކޮމެންޓް
 

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލަށް އުއްތަމަ ފަނޑިޔާރު އިންޒާރު ދިން މައްސަލަ ބަލަނީ

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް އަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ބުނެފައިވަނީ، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ޤާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ގަވާއިދުތަކަށާއި، އުސޫލުތަކަށް އަމަލުނުކުރުމަށް ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލަށް އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ އަންގަވާފައިވާކަމަށެވެ.

އަދި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތްޕުޅަށް އުއްތަމަ ފަނޑިޔާރު ހުރަސްއަޅުއްވައި، ޑީޖޭއޭ އާއި އެއްވެސް މުއާމަލާތެއް ނުކުރުމަށާއި ޑީޖޭއޭ އާއި ގުޅިގެން ސުޕްރީމްކޯޓުގެ ސެކްރަޓަރީ ޖެނެރަލް ބަގާވާތެއް ކުރައްވަން އުޅުއްވާކަމަށް އުއްތަމަ ފަނޑިޔާރު ތުހުމަތު ކުރައްވާކަމަށް ޖޭއެސްސީ މައުލޫމާތު ދީފައިވާވެއެވެ. އަދި އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓުގެ ސެކްރަޓަރީ ޖެނެރަލަށް ވަޒީފާގެ ބިރު ދައްކާފައިވާކަމަށާއި، އެމައްސަލަ ސުލޫކީ މައްސަލަ އެއްގެ ގޮތުގައި ބެލުމަށް ޖޭއެސްސީން ނިންމާފައިވާކަމަށް އެކޮމިޝަނުން މައުލޫމާތުދީފައިވެ އެވެ.

އުއްތަމަ ފަނޑިޔާރު ގެ ސުލޫކީ އިތުރު މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމާފައިވާއިރު، ކޯޓުތަކުގެ އިދާރީ ހިންގުން "ޕެރެލައިޒް" ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން ދާކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ތުހުމަތު ކުރައްވާފައެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރު 3 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރު ކަމުގައި ހުރި އަބްދުﷲ ދީދީގެ މައްޗަށް ސުލޫކީ މައްސަލަ އެއް ސާބިތުވެ އޭނާ ވަނީ މަޤާމުން ވަކިކޮށްފަ އެވެ.
ހިޔާލު

މުރާދު

ޑރ. ޙުސެން ފާއިޒް އަކީ ވަރށް މާތް ބޭފުޅެއް. ބަސް މަދު ކިޔަމަންތެރި ބޭފުޅެއް. އެ ބޭފުޅާ ވިދާޅު ވަނީޫ ރައީސް އޮފީހުގަ މަސައްކަތް ކުރައްވާފަ މި ކަހަލަ ތަނަކަށް އާދެވުނީމަ ވަރަށް ތަފާތު އހުސާސް ކުރެވޭ ކަމަށް. އަދި މަސައްކަތުގެ ޕްރެސަރ އިހުސާސް ކުރަން ޖެހޭ ކަމާއި ފަނޑިޔުންގެ ރުން ކުރު ކަމާއި އެމީހުން ބޭނުންވާ ގޮތަށް ހުރިހައި ކަމެއް ކށްދޭން ޖެހޭ ކަމާއި ވަކިން ޚާއްސަކޮށް އމގެ ހަރުކަށިކަމަކީ ފާހަގަ ކުރެވޭ ަކމެއް ކަމުގަ. މާތްﷲ ހުސެއިންއަށް ކެތްތެރިކަން ދެއްވާށި.