Hailam suspend kuree birudhahkan
image
ފޮޓޯ: އަވަސް
4 ކޮމެންޓް
 

"ހައިލަމް ސަސްޕެންޑު ކުރީ ބިރުދައްކަން"

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑުކުރީ ކޯޓުތަކަށް ބިރު ދައްކަންކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޖަމީލް މިއަދު ވިދާޅުވީ، ޝަރީއަތުގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލުކޮށްފައި ވަނިކޮށް، އެ މައްސަލަ ބަލާ ގާޒީ އެއްވެސް އަސާސެއް ނެތް ކަމެއްގައި ވަކި ކުރުމަކީ ޝަރުއީ ކޯޓުތަކަށް ބިރު ދެއްކުމަށް ކުރި އަމަލެއް ކަމަށެވެ.

ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ މިއަދު ޖޭއެސްސީއިން ބޭއްވި ބައްދަލުވުމުގަ އެވެ.

އޭނާ ސަސްޕެންޑްކުރީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކަރުގައި ޗޭނުޖަހާފައިވާ ކުރެހުމެއް ވައިބާ ގުރޫޕަކަށް ލީމައްސަލަ ތަހުގީގުކުރުމުގެ ގޮތުން މިއަދުއެވެ.


އެ މައްސަލައާ ގުޅިގެން ޖަމީލު ވިދާޅުވީ މިހާރު ޖޭއެސްސީ އޮތް އެކުލެވުމާއި އަދި އެ ކޮމިޝަނުން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ރައީސް ޔާމީނަށް ވެސް އަދި ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ވެސް އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"ޖޭއެސްސީގައި މިހާރު ތިބި ފަރާތްތަކީ ރައީސް ޔާމީންގެ ސިޔާސީ ވާދަވެރިން. ކޮމިޝަންގައި އިންނަވާ މަޖިލީހުގެ ރައީސް މިއީ ވާދަވެރިން، ކިހިނެއްތޯ އިންސާފުވެރި ޝަރީއަތެއް ލިބޭނީ،"

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ސަސްޕެންޑު ކުރުމާ ގުޅިގެން ރައީސް ޔާމިންގެ ޝަރީއަތުގެ އަޑުއެހުން މިއަދު ވަނީ ކެންސަލްވެސް ކޮށްފައެވެ.
ހިޔާލު

ހުކޫމަތުލް

ހައިލަމް ސަސްޕެންޑުކުރީ އޭނާގެ މައްޗަށް ޝަރީއަތްކުރުމަށް އެކަމާ އޭނަބިރުގަންނަން ޖެހޭނެ ޖަމީލު ކަލޭ ވެއްޖެއްނު ރަގަޅަށް ބިނޑިބަތް ކާން

އަހުމަދު

މި ޖަމީލު ޑޮކްޓަރ ގެ ލަގަބު ދިންޔުނިވަރސިޓިއަކީ އަނެއްކާ ޑޮކްޓަރ ގެ ލަގަބުވިއްކާ ތަނެއްބާ.... އަމިއްލައެދުންބޮޑިވިއަސް ތަންކޮޅެއްބޮޑުވަރު
އެހެންޤައުމެއްގައިނަމަ ފަޑިޔާރުމަނިކުފާނު އިސްތިއުފާ ދެއްވާފަ ހުންނަވާނީ ގޭގަ...

ހަބޭސް222

ކޯޓުގައި އިންނަވާ ޤާޒީ ވާންޖެހޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެ އިންސާފުވެރިކަމާއި އެކު އެކު ޝަރީޢަތް ކުރެވޭ މީހަކަށް! ރައީސުލް ޖިމްހޫރިއްޔާ ކަރުގައި ވާޖަހާ ހިސާބަށް ފަނޑިޔާރު ދިޔައީމަ ސަސްޕެންޑެއް ނޫން ކުރަންޖެހޭނީކީ! ސީދާ ވަގުތުން ބޭރުކުރަން ޖެހޭނީ...!

މުމްތާޒް

ޖަމީލަށް
ބިރުންފިލާގެން އުލުނު ހަނދާން ކޮށް ލައްވާ.