Hiken beynun nama Kareena hiken gengulhunu ukulhuthah miothy!
image
ކަރީނާ ކަޕޫރު--
0 ކޮމެންޓް
 

ހިކެން ބޭނުންނަމަ ކަރީނާ ހިކެން ގެންގުޅުނު އުކުޅުތައް މިއޮތީ!

ފިޓު މީހެއްގެ ގޮތުގައި ހުރުމަށް ކޮންމެ މީހަކުވެސް ބޭނުންވެ އެވެ. މާބޮޑަށް ހިކުމަކީ އެއްގޮތަކަށް ވެސް އެމީހާއަކީ މާ ސިއްހަތު ރަނގަޅު މީހެއްކަން އަންގައިދޭ ކަމެއް ނޫނެވެ. އެހެންކަމުން ހިކި ކަމުގައިވިޔަސް އަދި ފަލަ ކަމުގައިވިޔަސް ފިޓުކޮށް ހުރުމަށް މަސައްކަތް ކުރަން ޖެހެ އެވެ. ކޮންމެއަކަސް މިފަހަރު މިއޮތީ ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު، ގައިގައި ހުންނަ ލޮކި މަސްތައް ފިލުވާލުމަށް ކުރެވިދާނެ ކަންކަން ހިއްސާކޮށްފަ އެވެ.
އުމުރުން 39 އަހަރުގެ ކަރީނާއަކީ ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރި ތަރިއެކެވެ. އެގޮތުން ދަރިއަކު ހޯދުމަށް ފަހު ވެސް ބަރުދަން ލުއި ކުރުމަށް އޭނާ އެ ގެންގުޅުނު އުކުޅުތައް ވަރަށް ވެސް ފުރިހަމަ އެވެ. އެކަން މިއޮތީ ކަރީނާ ހިއްސާކޮށްފަ އެވެ.


ކަސްރަތު ކުރުން: ކަސްރަތު ކުރުމަކީ ކަރީނާ އަބަދުވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ. އެގޮތުން ފިޓުކޮށް ހުރުމަށް ޔޯގާ ސެޝަންތަކާއި ކަސްރަތު ކުރުން ބަނޑުބޮޑުއިރުވެސް ހުއްޓައެއް ނުލަ އެވެ. އެގޮތުން އޭރުވެސް އޭނާ ކުރަމުން އައީ ބޮޑެތި ކަސްރަތުތަކެވެ.

ބަނޑުބޮޑުއިރު ކުރި ޑައިޓް: ބަނޑުބޮޑު ދުވަސްވަރަކީ ތަފާތު އެކި ކަހަލަ ކާނާތައް ކެއުމަށް ހިތްޖެހޭ ދުވަސްވަރެކެވެ. އެގޮތުން ތަފާތު އެކި އެއްޗެހި ކާހިތްވުމުން ކަރީނާ ވެސް އެތަކެތި ކައި ހެދިއެވެ. އެގޮތުން ކަރީނާ ބުނީ ހަށިގަނޑު ބޭނުންވާ ކައި އެއްޗެހި ވެސް ހަށިގަނޑަށް ދޭން ޖެހޭ ކަމަށެވެ.

އެގޮތަށް ކައި އެއްޗެހި ކާއިރު ވެސް ހަށިގަނޑަށް ފައިދާ ހުރި ކެއުންތައް ކެއުމަށް ސަމާލުކަން ދޭން ޖެހޭކަމަށާއި ފަލަވެދާނެ ކަމަށް ކަންބޮޑުވެގެން ނުވާނެ ކަމަށެވެ.

ކަރީނާ އިތުރަށް ބުނީ ތައްޔާރީ ކާނާއާ މުޅިން ދުރަށް ޖެހިލައި ސިއްހަތަށް ފައިދާ ހުރި ކެއުންތައް ކާން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން ކަރީނާ ވަނީ ބަރުދަން ލުއިކުރަން އުޅޭއިރު އަހުލާގު ހިފެހެއްޓުމަކީ ވެސް ވަރަށް މުހިއްމު ކަމެއްކަން ފާހަގަކޮށްފަ އެވެ. އެގޮތުން ކަމެއް ހާސިލުކުރުމަށް ވަކި އަމާޒެއް ކަނޑައަޅަން ޖެހޭ ކަމަށާއި ޑައިޓެއްގައި އުޅޭއިރު ކޮންމެ ދުވަހަކުވެސް އެގޮތަށް އަމަލުކުރުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށްފަ އެވެ.

ހަމައާއެކު ކިތަންމެ ބިޒީ ދިރިއުޅުމެއްގައި އުޅުން ނަމަވެސް އެއްވެސް ވަގުތެއް ވައްޓާ ނުލައި ގަޑިން ގަޑިޔަށް ކެއުމަށް ވެސް ކަރީނާ ނަސޭހަތްތެރިވެއެވެ. އަދި ބަނޑުބޮޑުވުމުންވާ ފަލަވުމުން ހިކުމަކީ ދަތި ކަމެއް ނަމަވެސް އުއްމީދު ކަނޑާނުލާ މަސައްކަތް ކުރުމަށް ވެސް އޭނާ ހިތްވަރު ދިނެވެ.

ހަށިގަނޑު ކޮންމެ ގޮތަކަށް ހުއްޓަސް ވިސްނަންވާނީ ޕޮޒިޓިވްކޮށް: ކޮންމެ ބައްޓަމަކަށް ހަށިގަނޑު ހުރިނަމަވެސް ޕޮޒިޓިވްކޮށް ވިސްނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ބަރުދަން ލުއި ކުރުމުގެ ކުރިން ތިމާގެ ހަށިގަނޑު ބަލައިގަންނަން ޖެހެ އެވެ. އަމިއްލައަށް ތިމާގެ ހަށިގަނޑާމެދު ފާޑުކިޔުންތައް އަމާޒުކުރުމުގެ ބަދަލުގައި އަބަދުވެސް ވިސްނަން ވާނީ އެންމެ ޕޮޒިޓިވްކޮށް ކަމަށް ކަރީނާ ބުންޏެވެ. އަދި މަންޒިލަށް ވާސިލުވުމަށް ފަސޭހަވާނީ އޭރުން ކަމަށް ވެސް ބުންޏެވެ.

މީގެ ހަތް އަހަރު ކުރިން ކަރީނާ އާއި ސައިފް އަލީ ހާން ކައިވެނިކޮށްފައިވާއިރު އެމީހުންގެ ކައިވެންޏަށް ވަނީ މީގެ ދެ އަހަރު ކުރިން ފިރިހެން ކުއްޖަކު ލިބިފަ އެވެ. އެއީ އެމީހުންގެ ކައިވެންޏަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. އެކުއްޖާއަށް ބަލިވެ އިން ދުވަސްވަރު ކަރީނާ ވެސް ފެނިގެންދިޔައީ ވަރަށް ފަލަކޮށް ނަމަވެސް ދަރިފުޅު ވިހެއުމަށް ފަހު ހަފުތާއެއް ނުވަނީސް ކަރީނާ ވަނީ ހިކުމަށް މަސައްކަތް ފަށާފަ އެވެ. އަދި އޭނާ ވަނީ ކުޑަ ދުވަސްކޮޅެއްގެ މަސައްކަތުން އަލުން ފިޓް ވެފަ އެވެ.
ހިޔާލު