Vazeeraku dhehvi javaabu thakah majileehugai furathama faharah A star libivadaigenfi
image
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ -- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
އަހްމަދު ރިފާއު
4 ކޮމެންޓް
 

ވަޒީރަކު ދެއްވި ޖަވާބުތަކަށް މަޖިލީހުގައި ފުރަތަމަ ފަހަރަށް އޭ ސްޓާ ލިބިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދެއްވި ޖަވާބުތަކަށް "އޭ ސްޓާ" ލިބިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޑިޔުކޭޝަން މިނިސްޓަރުގެ ޖަވާބުތަކަށް އޭ ސްޓާ ދެއްވާ އެކަން އިއުލާންކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.

މިއީ މަޖިލީހަށް ވަޒީރަކު ވަޑައިގެން މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމުން މަޖިލީހުގެ ރިޔާސަތުން ވަޒީރަކަށް ދަރަޖައެއް ނުވަތަ އޭ ސްޓާއެއް ދެއްވި ފުރަތަމަ ފަހަރެވެ. އަދި މިއީ މިހާރުގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މަޖިލީހުގެ ތަޅުމަށް ވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވި ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޑރ. އައިޝަތު އަލީއާ ސުވާލުކުރެއްވީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ. އޭނާ މައިގަނޑު ގޮތެއްގައި ސުވާލުކުރެއްވީ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެތޯ ސާފުކުރެއްވުމަށެވެ.

މެންބަރުގެ މިސުވާލަށް ޖަވާބު ދެއްވުމުން މިނިސްޓަރާ އިތުރު ސުވާލުކުރެއްވުމަށް ހުޅުވާލުމުން އެއްވެސް ސުވާލެއް ދޫނުކޮށް، މެންބަރުން ކުރެއްވި ހުރިހާ ސުވާލުތަކަށް ވެސް މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ޖަވާބު ދެއްވާފަ އެވެ.

މިނިސްޓަރު ދެއްވި ޖަވާބުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެން އިންނަވާ، މަޖިލީހުގެ ރައީސް ވިދާޅުވީ މެންބަރުންގެ ސުވާލުތަކަށް ވަރަށް ފުރިހަމައަށް މިނިސްޓަރު ޖަވާބުދެއްވާފައިވާތީ އޭ ސްޓާ ދެއްވާ ކަމަށެވެ.

"އިއްޒަތްތެރި ވަޒީރު ތަފްސީލްކޮށް އެކަންކަމަށް ޖަވާބު ދެއްވި. އިތުބާރާއި މައުލޫމާތު ލިބިވަޑައިގެން ހުންނަވާ. އެހެންވީމާ އަޅުގަނޑު އިއްޒަތްތެރި ވަޒީރަށް ފަށްފަށުން ޝުކުރު ދަންނަވަން. އަދި އޭ ސްޓާ އިއްޒަތްތެރި ވަޒީރަށް އަޅުގަނޑުމެން އަރުވަން." މިނިސްޓަރަށް އޭ ސްޓާ ދެއްވާ ކަން އިއުލާންކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

- މިއަދުގެ މަޖިލިސް ޖަލްސާގެ ތެރެއިން

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ޕްރިންސިޕަލަކު ވަރަށް ބޮޑަށް ބޭނުންވެފައި ވަނިކޮށް އެޑިޔުކޭޝަން މިނިސްޓަރު މަޖިލީހަށް ވަޑައިގެންނެވީތީ އެކަމަށްވެސް އެކަމަނާ އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް އެޑިޔުކޭޝަން މިނިސްޓަރު ޖަވާބު ދެއްވި ގޮތް ރައީސް ނަޝީދު ބަލައިގެންފައިވާއިރު، މީގެކުރިން ބައެއް މިނިސްޓަރުން މަޖިލީހުގައި ޖަވާބު ދެއްވި ގޮތާ މެދު ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ.
ހިޔާލު

ޢަލީ

ސުކޫލެ އް ހިންގާ ހިތުން އުޅޭ މީހެ އްތަ އަޅެ މީ

Suhaa Shu

މަޖުލީހުގަ އަމަލުކުރާ މަދަރުސާ ގަ އަމަލު ކުރާ އުޟޫލުން ކަމަށް ކުރިންވެސް ވަނީ ހާމަ ކުރަށްވާފަ

މުދިންބެ

މީކުޑަކުދިން ތަކެއްތަ؟ މިވެރިން ރަގަޅުވާނީ ކުޑަކުދިން ވެލިން ކުޅޭކުޅިވަރެއް ކަމަށްވާ ބަތްކައްކާ ރިހަކައްކާ ކުޅެން. ނާށިތަކެއް ދީފަ ވެލިގަޑެއް އޮތްސަރަހައްދަކަށް ކުޅެން ފޮނުވަނަވީ. މަޖިލީހުގަ ޤާނޫނުހަދާކަށް ނޫން ބައިތިއބަންވީ. ބޯހަލާކު

މުނާ

ފެވަރިޓް ލިސްޓުގަތިބޭ މީހުނަށް އޭސްޓާ ލިބުމަކީ އާ ކަމެ އް ނޫން. ހިދްމަތަށް ބަލަ އިފި އްޔާ ހާސިލް ކުރެވުނު ކަމެއ އްއް މަދު