JP ge jalsa gai baiverivee Qasim ge dhauvathakah: Mostaa
image
ޖޭޕީގެ ޖަލްސާގެ ކުރީ ސަފުގައި މޮސްޓާ (ވައަތްފަރާތުން ދެވަނައިގައި)
3 ކޮމެންޓް
 

ޖޭޕީގެ ޖަލްސާގައި ބައިވެރިވީ ގާސިމްގެ ދައުވަތަކަށް: މޮސްޓާ

އަމިއްލަ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެފައިވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ޖޭޕީން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންފި އެވެ.
ޖޭޕީގެ މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެ ޕާޓީއަށް ސޮއި ކުރައްވާފައި ނުވާ ކަން މޮސްޓާ ވަނީ ޔަގީންކޮށްދެއްވާފަ އެވެ.

މޮސްޓާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ ޖޭޕީން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދައުވަތަކަށް ކަމަށެވެ.

މޮސްޓާ ވިދާޅުވީ އޭނާ އަކީ އަމިއްލަ ގޮތުން ހޮވުނު މިނިވަން މެންބަރެއް ކަމަށާއި އިރާދަކުރެއްވިއްޔާ ދައުރު ނިމެންދެން އެގޮތުގައި ހުންނަވާނެ ކަމުގެ ޔަގީންކަން ނޮޅިވަރަމް ދާއިރާގެ މެންބަރުންނަށް ދެއްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ މެންބަރެއްގެ ގޮތުގައި އިންނެވި ނަމަވެސް މޮސްޓާ ގެންދަވަނީ އެމްޑީޕީއާއި، އެޕާޓީގެ މަޖިލިސް މެންބަރުންނަށާއި އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އޭނާގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްފަ އެވެ.

އެމްޑީޕީގެ މެންބަރުންނަށާއި ރައީސް ނަޝީދަށް މޮސްޓާ ފާޑު ވިދާޅުވަމުން ގެންދަވާތީ އެމްޑީޕީގެ މެންބަރުން ވެސް ގެންދަވަނީ އޭނާގެ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ހިޔާލު

ހަބޭސް222

ބޯހަމަނުޖެހޭ ސޮރެއް ހެން ހީވަނީ! އިއްޒަތްތެރި މަޖިލީހެއްގައި ވާހަކަދައްކާ ގޮތަކަށް ނޫން ގިނަފަހަރު ބަހުރުވަ ހުންނަނީކީ.....! ޕާޓީ އަން ސޮއި ނުކުރިއަސް ޤާސިމް ބުނާގޮތަކަށް ހަދާކަމަށް ވަންޏާ، ގަނޑު ކޮށް ލިބޭނޭ....!

ހަރުމަލް

މޮސްޓާ ބަރާބަރު. ފާޑެއްގެ މޮޔައަކު ބޮނޑުގޮނޑީގައި އިނދެ މީހުންގެ ސިކުނޑިއާ ކުޅެން ފުރުސަތު ނުދެއްވާތި

އަލީބަލީ

ތިއީ އަމިއްލަ މެންބަރެއްގެ ތޮފި އަޅައިގެން ހުންނަ ޔާމީނުގެ މީހެއް.