Pakistan ge bodu vazeeru magaamun isthiufaa dhehvumah inzaaru dheefi
image
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން
0 ކޮމެންޓް
 

ޕާކިސްތާނުގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވުމަށް އިންޒާރު ދީފި

ޕާކިސްތާންގެ އިސްލާމީ ޕާޓީތަކުން، އެގައުމުގެ ބޮޑުވަޒީރު އިމްރާން ހާން މަގާމުން އިސްތިއުފާ ދެއްވުމަށް އިންޒާރު ދީފި އެވެ.
ދީނީ ހިޔާލުގެ މީހުން އިސްކޮށް ތިބެގެން ފަށާފައިވާ މުޒާހަރާތަކުގައި އެމީހުން ތުހުމަތު ކުރަނީ، އިމްރާން ހާންގެ ތަހްރީކޭ އިންސާފަށް ސިފައިން ހިތްވަރުދީ، އިމްރާން ހާންގެ ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަނާތުފިޔައިގެ ޖަމްއިއްޔަތޭ އުލަމާ-ފަޒްލް އިން ބުނެފައިވަނީ ޕާކިސްތާންގެ ވެރިކަމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށާއި އެއްވެސް މުއައްސަސާއަކަށް ރައްޔިތުންގެ ވެރިކަން ބޮލާލައި ނުޖެހޭނެ ކަމަށެވެ. ޖަމުއިއްޔަތޭ އުލަމާއިން އިޝާރާތްކޮށްފައި މިވަނީ، ޕާކިސްތާންގެ 72 އަހަރުގެ ވެރިކަމުގައި ބޮޑު ދައުރެއް އަދާކޮށްފައިވާ ސިފައިންނަށެވެ.

އެމެރިކާއިން ނެރެފައިވާ ޓެރަރިޒަމް 2018 ރިޕޯޓްގައި ތުހުމަތުކޮށްފައިވާ ގޮތުން ޕާކިސްތާނުން ވަނީ މިދިޔަ އާންމު އިންތިހާބުގައި ބައެއް ޓެރަރިސްޓް ޖަމާއަތްތަކަށް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ދީފަ އެވެ. މިއީ އިސްލާމީ ހިޔާލުގެ ހައްދުފަހަނަޅާފައިވާ، އަދި ބައިނަލްއަގްވާމީ ގޮތުން ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ލޭބަލްކޮށްފައިވާ ލަޝްކަރޭ ތައްޔިބާއާއި ޖައިޝޭ މުހައްމަދުގެ ވާހަކަ އެވެ. އެމެރިކާގެ ރިޕޯޓްގައި ތުހުމަތުކޮށްފައިވާ ގޮތުން މި ފަރާތްތަކަށް ފަންޑް ހޯދުމާއި އިގްތިސާދީ ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ ހޯދުމުގެ ފުރުސަތު ސަރުކާރުން ވަނީ ފަހިކޮށްދީފަ އެވެ.

ޕާކިސްތާނަކީ އެޝިއާ ޕެސިފިކް ގްރޫޕް އޮން މަނީލޯންޑްރިންގެ މެމްބަރެއްވެސް މެއެވެ. އަދި މަނީ ލޯންޑެރިން އާއި ޓެރަރިޒަމް ފައިނޭންސް ކުރުމާ ދެކޮޅަށް އެކުލަވާލާފައިވާ މުއާހަދާގެ ބައިވެރިއެއްވެސް މެއެވެ.

އެމެރިކާއިން ބުނާގޮތުން މި މުއާހަދާއިން ޕާކިސްތާނަށް ލާޒިމު ކުރާ ކަންތައްތައް ފުރިހަމަ ކުރުމުގެ ގޮތުން ޕާކިސްތާނުން މިފަދަ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެމީހުންނަށް ވާގިވެރިވާފަދަ ފުރުސަތުތައް ފަހިކޮށްދީގެން ނުވާނެ އެވެ. ޓެރަރިސްޓް ޖަމާއަތްތަކުން ވަނީ ގައުމުތަކަށް ފައިސާ ފޮނުވުމާއި ފައިސާ ލިބިގަތުމަށާއި ފައިސާ މާރުކޮށްދޭ އޮފީސްތައް ހަދައި އެތަންތަނުން އެމީހުން ބޭނުންވާ ގޮތަށް ފައިސާ އެނބުރުމަށް ބޭނުންކޮށްފަ އެވެ.
ޕާކިސްތާން
ހިޔާލު