Indonesiagai fathuruveriyaku raheenu kurumugai 4 fuluhaku!
image
ޖަކާޓާ
ގުފްތަގު އަޖީރު
0 ކޮމެންޓް
 

އިންޑޮނޭޝިއާގައި ފަތުރުވެރިޔަކު ރަހީނު ކުރުމުގައި ހަތަރު ފުލުހަކު!

އިންޑޮނޭޝިއާގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިނގިރޭސި ފަތުރުވެރިޔަކު ރަހީނުކޮށް ގިނަ އަދަދެއްގެ ފައިސާތަކެއް އަތުލަން އުޅުނު މައްސަލައެއްގައި އެ ގައުމުގެ ހަތަރު ފުލުހަކު ހައްޔަރުކޮށްފި އެވެ.
އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި އެ ފަތުރުވެރިޔާ ރަހީނުކޮށްފައިވަނީ ފުލުހުންގެ ޗެކު ޕޯސްޓެއް ކައިރިން އޭނާ ހުއްޓުވުމަށްފަހު ހައްޔަރު ކުރަނީ ކަމަށް ބުނެ އެވެ.

ފުރަތަމަ ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށްފަހު ދެން ގެންގޮސްފައިވަނީ ޖަކާޓާގެ ހޮޓަލަކަށެވެ. އެއަށްފަހު އޭނާ މިނިވަން ކުރެވޭނީ 900000 ޑޮލަރު ދިނުމުން ކަމަށް އަންގާފައިވެ އެވެ.

އިނގިރޭސިވިލާތުގެ އެ ފަތުރުވެރިޔާ މިނިވަންވެފައި ވަނީ އެމީހުން ބުނި އަދަދަށް ފައިސާ ދީގެންނެވެ.

މިމައްސަލާގައި ހަތަރު ފުލުހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް މާރުކުރަން އުޅެނިކޮށެވެ. މިމައްސަލާގައި އެ ހަތަރު ފުލުހުންނަށް އެހީތެރިވެދިން ކަމުގެ ތުހުމަތުގައި އާއްމުންގެ ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ގިނަ އަދަދެއްގެ ފައިސާ ދިނުމަށްފަހު ފަތުރުވެރިޔާ މިނިވަންވި އިރު، އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިޔާގެ އަންހެނުން ވަނީ އޭނާގެ ހަބަރު ނުވެގެން އެ މައްސަލަ އިންޑޮނޭޝިއާގެ ފުލުހަށް ހުށަހަޅާފަ އެވެ.
އިންޑޮނޭޝިޔާ
ހިޔާލު