Mashhooru Tennis kulhuntheriyaa Serena Raajje athuvejje
image
ސެރީނާ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމް ރާއްޖެ އަތުވެއްޖެ

އެމެރިކާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އުމުރުން 38 އަހަރުގެ ސެރީނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ އޭނާގެ ފިރިމީހާ އެލްކްޒިސް އޮހޭނިއަން އާއި ދަރިފުޅާ އެކު އެވެ.

އެގޮތުން އިތާފުށި ރިސޯޓްގައި އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނައިރު ޗުއްޓީ ދަތުރުގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާއަށް ވެސް ހިއްސާކޮށްފަ އެވެ.

ދުނިޔޭގެ އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސެރީނާ ވަނީ ގިނަ މުބާރާތްތަކެއްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭގެ އިތުރަށް އޭނާއަކީ ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅިވަރުގެ އެއް އަންހެން ކުޅުންތެރިޔާ ވެސް މެއެވެ.
ހިޔާލު