Miaharuge dengue hun jehigen 4420 meehun report kohfaivey: HPA
image
ޑެންގީ ފަތުރާ އީޑީސް މަދިރިއެއް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 4420 މީހުން ރިޕޯޓުކޮށްފައިވޭ: އެޗްޕީއޭ

މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 4420 މީހުން ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ނެރުނު ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް 4،420 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން ވޭތުވެދިޔަ ދެއަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު މިއަހަރުގެ މިދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ގިނަ ކަންވެސް އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

މީގެއިތުރުން މިއަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު އޮކްޓޯބަރު މަހު ރިޕޯޓުކޮށްފައިވާ އަދަދު މަދުކަންވެސް އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

އެޗްޕީއޭ އިން ބުނީ ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ށ. ނ އަދި މ އަތޮޅުގެ އިތުރުން މާލެ އާއި ހުޅުމާލެ އިން ކަމަށެވެ.

މިއަހަރު އެންމެ ގިނަ މީހުންނަށް ޑެންގީ ހުން ޖެހިފައި ވަނީ މިދިޔަ އޭޕްރިލް މަހު އެވެ. އެގޮތުން އެޕްރީލް މަހު 555 މީހަކު ޑެންގޫ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ޗިކުންގުންޔާ ޖެހިގެން މިއަހަރުގެ މިހާތަނަށް 1460 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް، ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ އިތުރު ވެފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެ އެވެ.

އެގޮތުން ޗިކުންގުންޔާ ޖެހިގެން މިހާތަނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ދ އަދި ގއ އަތޮޅުންނާއި މާލެ އިން ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ
ހިޔާލު