High court ge fandiyaaru kamah Haathif ai Mazeedhu ayyan kuran nimmaifi
image
ހައި ކޯޓު---ފޮޓޯ:ދި އެޑިޝަން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހާތިފް އާއި މަޒީދު އައްޔަނު ކުރަން ނިންމައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ އެ ކޯޓުގެ ގާޒީ ހުސައިން މަޒީދު އައްޔަނު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ހައި ކޯޓުން ހުސްވެފައިވާ ދެ މަގާމަށް އައްޔަނު ކުރަން ނިންމާފައިވަނީ ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމުގައި މިވަގުތު ތިއްބެވި، ގ. ޑޭޒީފެހި، މާލެ / ހާތިފް ހިލްމީ އާއި މއ. ވޭސައިޑް ފްލެޓް 705، މާލެ ހުސައިން މަޒީދު ކަމަށެވެ.

އެ ދެ ބޭފުޅުން އައްޔަނުކޮށްފައިވަނީ މިއަދު ބޭއްވުނު އެކޮމިޝަންގެ 75 ވަނަ ބައްދަލުވުމުގައި ކަމަށާއި އެ ދެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވި ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ހާތިފް އާއި މަޒީދުއަކީ ސިވިލް ކޯޓުގެ ގާޒީންނެވެ. އެގޮތުން ހާތިފް އަކީ ސިވިލް ކޯޓުގައި މުދަލާއި ފައިސާގެ ބޮޑެތި މައްސަލަތައް ބައްލަވާ ގާޒީއެކެވެ. ގާޒީ ހާތިފް އެކޯޓަށް އައްޔަން ކުރީ 2009 ވަނަ އަހަރުއެވެ.

މަޒީދު އަކީ މެޖިސްޓްރޭޓުކަން ކުރެއްވި ބޭފުޅެކެވެ. އެގޮތުން ގާޒީ މަޒީދު އެއެކޯޓަށް އައްޔަން ކުރީ 2009 ވަނަ އަހަރުއެވެ.
ޖޭއެސްސީ ހައިކޯޓް
ހިޔާލު