Baghdadi ge anbaku hayyarukohffi
image
0 ކޮމެންޓް
 

ބަގްދާދީގެ އަންހެނުން ހައްޔަރު ކޮށްފި

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަގްދާދީގެ އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ހާމަކުރައްވައިފިއެވެ.
އުރުދުގާން މިހެން ވިދާޅުވި ނަމަވެސް ތުރުކީން ހައްޔަރު ކުރީ ބަގްދާދީގެ ހަތަރު އަނގިންގެ ތެރެއިން ކޮން އަތްބެއްކަމެއް ހާމައެއް ނުކުރެއެވެ.

"އަޅުގަނޑުމެން މިކަން މާ ބޮޑުކަމަކަށް ހަދައިގެން އެ ވާހަކަ ދައްކާކަށް ނޫޅެން،" އުރުދުގާން ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ތުރުކީން ސީރިއާގައި އަސްކަރީ އޮޕަރޭޝަންތަކެއް ފަށާފައިވާތީ އެމެރިކާއިން ހިތްހަމަނުޖެހުން ފާޅުކޮށް އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެކެވެ.

އެމެރިކާއިން ވަނީ އައިއެސްގެ ލީޑަރު ބަގުދާދީ ނިމުނު އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު މަރާލާފައެވެ.

ބަގްދާދީ މަރުވީ އެމެރިކާ ސިފައިން އޭނާ އަތުލަން މަސައްކަތް ކުރުމުން އަމިއްލަ ހަށި ގޮއްވާލައިގެންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ވިދާޅުވެފައެވެ.
އައިއެސް
ހިޔާލު