Kaiveneege sababun dhiriulhun badhalu vejje: Mohena
image
މޮހެނާ އާއި އެނާގެ ފިރިމީހާ---
0 ކޮމެންޓް
 

ކައިވެނީގެ ސަބަބުން ދިރިއުޅުން ބަދަލުވެއްޖެ: މޮހެނާ

ކައިވެނީގެ ސަބަބުން ދިރިއުޅުން ބަދަލުވެއްޖެ ކަމަށް ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގައި ކީރްތީގެ ރޯލުން މަގްބޫލުކަން ހޯދާފައިވާ، މޮހެނާ ކުމާރީ ބުނެފިއެވެ.
މޮހެނާ ކައިވެނިކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައި ފިލްމީ ދާއިރާއަށް ނިސްބަތް ނުވާ ސުޔޭޝް ރާވަތު ކިޔާ މިހަކާ އެވެ. ދާދި ފަހުން އޭނާ ވަނީ ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

އޭނާ ބުނީ ކައިވެނީގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުވެއްޖެ ކަމަށާއި ގިނަ ކަންކަން ދަސްވެއްޖެ ކަމަށް ބުނެފައެވެ.

ކީރްތީއަކީ މަދްޔާ ޕްރަދޭޝްގެ ރޭވާއަށް އުފަން ރޯޔަލް އާއިލާއަކަށް ނިސްބަތްވާ ފަންނާނެކެވެ. އޭނާ ކައިވެނިކޮށްފައި އެ ވަނީ އާއިލާ މީހުން ދެއްކި މީހަކާ އެވެ.

ކައިވެނި ކުރީ ކޮން ދާއިރާއަކަށް ނިސްބަތްވާ މީހަކާކަމެއް އޭނާ ހާމައެއް ނުކުރެއެވެ.

ދިވެހިންގެ މެދުގައި ވެސް މަގުބޫލު ޑްރާމެއް ކަމަށްވާ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގައި ކީރްތީ ފެނިގެންދަނީ ނަކްޝްގެ އަނބިމީހާގެ ރޯލުންނެވެ. އަސްލު ދިރިއުޅުމުގައި ވެސް ނަކްޝް (ރިޝީ ދޭވް) އާއި ކީރްތީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތަކެއް ކުރި އެރި އެވެ.
މޮހެނާ ކުމާރީ
ހިޔާލު