Miee Kylie aa vahtharu dhivehseh!
image
ކައިލީ އާއި އޭނާއާ ވައްތަރު ކަމަށް ބުނާ ދިވެހި އަންހެން ކުއްޖާ--
3 ކޮމެންޓް
 

މިއީ ކައިލީއާ ވައްތަރު ދިވެއްސެއް!

މަޝްހޫރު ތަރިންނާއި ވައްތަރު މީހެއް ފެނިއްޖެނަމަ އެމީހާއަކަށް ސަމާލުކަން އަބަދުވެސް ލިބެ އެވެ. އެގޮތުން މިފަހަރު މިއޮތީ މަޝްހޫރު ރިއަލިޓީ ތަރި ކައިލީ ޖެނާ އާ ވައްތަރު ދިވެއްސަކު ފެނި، އޭނާއަށް ގިނަ ބައެއްގެ ކަޅިތައް ހުއްޓިފަ އެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި އެއް ފޮޓޯއަކީ ދިވެހި އަންހެން ކުއްޖަކާއި ކައިލީގެ ފޮޓޯ އެކެވެ. އެއީ ދިވެހި ކައިލީ ކަމަށް ކެޕްޝަނުގައި ބުނެފައިވާއިރު ފޮޓޯ ހިއްސާކުރި މީހާގެ ވާހަކައާ ދެބަސްވެވޭކަށް ނެތެވެ. ފޮޓޯއަށް ކޮމެންޓު ކުރި މީހުން ވެސް ވަނީ އޭނާ ކައިލީއާ ވަރަށް ވައްތަރު ކަމަށް ގަބޫލުކޮށްފަ އެވެ.

ފޮޓޯއަށް ކޮމެންޓު ކުރި ބައެއް މީހުން ބުނީ އެ ފޮޓޯ އިން ފެނިގެންދަނީ ޕްލާސްޓިކުން ރީތިވުމަށް މަސައްކަތްކޮށްފައިވާ މީހަކާއި ހަގީގީ ރީތިކަން ކަމަށެވެ. އެގޮތުން ދިވެހި އަންހެން ކުއްޖާ ކައިލީ ފަދައިން ސާޖަރީތައް ނުހެދި ނަމަވެސް ވަރަށް ރީތި ކަމަށް ވެސް ބުންޏެވެ. އަދި ކައިލީއަށް ވުރެ އެ ކުއްޖާ މާރީތި ކަމަށް ވެސް ބުނި މީހުން މަދެއް ނޫނެވެ.

ރާއްޖޭގެ ޕޭޖަކުން ހިއްސާކުރި އެ ޕޯސްޓުގައި ވަނީ ކައިލީއާ ވައްތަރު އެ ދިވެހި އަންހެން ކުއްޖާއަކީ ކާކުކަން އެނގުން ނަމަވެސް އޭނާ ޓެގް ނުކުރުމަށް ވެސް އެދިފަ އެވެ. އަދި އެއީ އޭނާގެ އަމިއްލަ ޕްރައިވަސީއަށްޓަކައި ކަމަށް ބުންޏެވެ.

މީގެ ކުރިން ދިވެހިން ކައިލީގެ ގޮތުގައި ސިފަކުރަމުން އައީ ދިވެހި މޮޑެލް، ކައިޒީނެވެ. އެކަމަކު މިކުއްޖާގެ ފޮޓޯ އާންމުވުމާއެކު މިވަނީ ކައިޒީންއަށް ވުރެ މި އަންހެން ކުއްޖާ ކައިލީއާ ވައްތަރު ކަމަށް ގިނަ ބަޔަކު ގަބޫލުކޮށްފަ އެވެ.
ހިޔާލު

ޢެޑްމުންޑޯ

އަސްލު ކައިލީ އަށްވުރެވެސް ފްރެޝް ރީތި މީނެއްތިޔައީ ، ދެން ކައލީއާއި ބޮޑަށް ވައްތަރުވާން ބުރުގާ ނުނަގާފިއްޔާމް ކިތަންމެހާވެސް.ރަގަޅު

މ.އ.މ.ހ.ވ

މި އަންހެން ކުއްޖާ ބުރުގާ ނުނަގައިފިއްޔާ ކިތައްމެހާވެސް ރަނގަޅު

ގޭސް ހަސަން

މިތަނުން ކެއިލީ ޖިނާ އިނީ ކޮން ފަރާތަކުތެ؟ވައްތަރު ކަމުން ބޭބެއައް ސައްކުވެގެން އަހައިލީ މި؟