IORA Council of ministers ge bahdhaluvumah Shahidh UAE ah Vadaigenfi
image
ޔޫއޭއީއަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު ޝާހިދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ -- ފޮޓޯ / ޓްވީޓާ
0 ކޮމެންޓް
 

އައޯރާގެ ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުމަށް ޝާހިދު ޔޫއޭއީއަށް ވަޑައިގެންފި

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައޯރާ)ގެ ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫއޭއީއަށް ފުރާވަޑައިގެންފިއެވެ.
ޔޫއޭއީއަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އައޯރާގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވުމާއިއެކު ރާއްޖެއިން މިސަރަހައްދުގައި އަދާކުރާ ދައުރު، އިތުރުވެ ހަރުދަނާ ވެގެންދާނެ ކަމަށެވެ.

ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގައ އައޯރާގެ މިނިސްޓަރުންގެ ބައްދަލުވުމުގައި މިއަދު ތަގުރީރު ކުރައްވާނެއެވެ. އެގޮތުން އެ ތަގުރީރުގައި މިނިސްޓަރު އަލިއަޅުވާލާނީ ސަރަަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޑިއާ ކަނޑަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަށް ކުޑަކުރުމާއި ގުޅޭ ގޮތުންނެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން "އަޔޯރާ"އަކީ އިންޑިއާ ކަނޑާ ގުޅިފައިވާ ގައުމުތަކުގެ ޖަމްއިއްޔާއެކެވެ. އެ ޖަމިއްޔާ އުފެދިފައިވަނީ 1997ވަނަ އަހަރުގެ މާޗްމަހުގައެވެ.
ހިޔާލު