Flyme ge aa Boat eh miadhu Raajje gennanee
image
ފްލައިމީގެ އާބޯޓެއް މިއަދު ރާއްޖެ ގެންނަނީ -- ފޮޓޯ: ވިލާ އެއާ
0 ކޮމެންޓް
 

ފްލައިމީގެ އާ ބޯޓެއް މިއަދު ރާއްޖެ ގެންނަނީ

ވެލާ އެއާގެ ފްލައިމީން ގަނެފައިވާ އާ މަތިންދާބޯޓެއް މިއަދުގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވިލާ އެއާ އިން ބުނީ އެކުންފުނިން ފްލައިމީގެ ފްލީޓަށް އިތުރުކޮށްފައި މިވަނީ އޭޓީއާރް 600-72 މަރުކާގެ މަތިންދާ ބޯޓެއް ކަމަށެވެ.

އަލަށް ރާއްޖެ ގެންނަ މި ފްލައިޓަކީ 72 ފަސަންޖަރުންގެ ޖާގައިގެ ބޯޓެކެވެ. އެގޮތުން ބޯޓުގެ އަގު އުޅެނީ 20 މިލިއަން އެމެރިކާ ޑޮލަރުގަ އެވެ.

މިކަމާ ގުޅިގެން ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ މިއަދު ގެންނަ ބޯޓު ވަރަށް އަވަހަށް ފްލައިމީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ. އަދި އެ ބޯޓާއެކު ފްލައިމީގެ އޮޕަރޭޝަންތައް ފުޅާކުރަން އެ އެއާލައިނުން ކުރާ މަސައްކަތްތަކަށް ވާސިލުވުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އެތެރޭގެ އުދުހުންތައް ފުޅާ ކުރުމުގެ މަސައްކަތް ވިލާ އެއާ އިން ކުރަމުން އަންނައިރު އެ ތަނުން އަންނަނީ ސީޕްލޭނުގެ ހިދުމަތް ފެށުމުގެ ގޮތުން ސީޕްލޭން ގަތުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ފްލައިމީ
ހިޔާލު