IORA gai Rasmeekkoh Raajje in baiveri vejje
image
އައޯރާގައި ބައިވެރިވުމުގެ ގޮތުން މިނިސްޓަރު ޝާހިދު ސޮއިކުރައްވަނީ -- ފޮޓޯ / ފޮރިން މިނިސްޓްރީ
0 ކޮމެންޓް
 

އައޯރާގައި ރަސްމީކޮށް ރާއްޖެއިން ބައިވެރިވެއްޖެ

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން، (އައޯރާ)ގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވެއްޖެއެވެ. 
ރަސްމީކޮށް އައޯރާގައި ރާއްޖެއިން ބައިވެރިވިކަމުގެ ލިޔުމުގައި ސޮއިކޮށްފައި މިވަނީ މިހާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ރާއްޖެއަކީ އައޯރާގައި ބައިވެރިވި 22ވަނަ ގައުމެވެ. 

ޔޫއީއަށް ވަޑައިގަތުމުގެ ކުރިން ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އައޯރާގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވުމާއިއެކު ރާއްޖެއިން މިސަރަހައްދުގައި އަދާކުރާ ދައުރު، އިތުރުވެ ހަރުދަނާ ވެގެން ދާނެ ކަމަށެވެ. 

ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި މިއަދު އައޯރާގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ތަގުރީރުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސަރަަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޑިއާ ކަނޑަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަށް ކުޑަކުރުމާއި ގުޅޭ ގޮތުން މިނިސްޓަރު ޝާހިދުގެ ތަގުރީރުގައި އަލިއަޅުވާލާނެއެވެ. 

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ)އަކީ އިންޑިއާ ކަނޑާ ގުޅިފައިވާ ގައުމުތަކުގެ ޖަމްއިއްޔާއެކެވެ. އެ ޖަމިއްޔާ އުފެދިފައިވަނީ 1997ވަނަ އަހަރުގެ މާޗްމަހުގައެވެ


ހިޔާލު