Sarukaaruge vaudhuthah thanfeezu kureveynee enmen ekugai thibegen: Mausoom
image
ޑރ. މައުސޫމް ސަފީރު ކަމަށް އައްޔަންކުރައްވާ އޭނާއަށް މަގާމުގެ ލިޔުން ރައީސް ސޯލިހް ހަވާލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

ސަރުކާރުގެ ވައުދުތައް ތަންފީޒު ކުރެވޭނީ އެންމެން އެކީގައި ތިބެގެން: މައުސޫމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދޭނީ ހުރިހާ ސިޔާސީ ލީޑަރުން އެކީގައި ތިއްބަވައިގެން ކަމަށް ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ރައީސްް ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.
ސީއެންއެމް އާއި ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވަނީ އޭނާ އިއްޔެ ކުރެއްވި ޓްވީޓާ ގުޅޭގޮތުން ވެސް އިތުރަށް ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން ޑރ. މައުސޫމް އިއްޔެ ކުރެއްވި ޓްވީޓްގައި ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޝައުގުވެރިވާ ބަޔަކު ތިބިނަމަވެސް، އިންތިހާބަށް ކެމްޕެއިން ފަށަން އަވަސްނޫންތޯ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.ޑރ. މައުސޫމްގެ މި ޓްވީޓާއި ގުޅިގެން ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ޑރ. މައުސޫމް ނުސީދާކޮށް ޖުމްހޫރީ ޕާޓީއަށް ރައްދުކުރެއްވި ޓްވީޓެކެވެ.

މިޓްވީޓާ ގުޅިގެން ޑރ. މައުސޫމް ވިދާޅުވީ އެއީ އެއްވެސް ފަރާތަކަށް ނިސްބަތްކޮށް ވިދާޅުވި އެއްޗެއް ނޫން ކަމަށާއި އެއީ ފާޅުކުރެއްވި ޝުއޫރެއް ކަމަށެވެ.

ޑރ. މައުސޫމް ވިދާޅުވި ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ގެނައުމަށް ސިޔާސީ ލީޑަރުން ކޯލިޝަން ހެއްދެވީ އޭރުގައި އޮތް ވެރިކަމުގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެފައި އޮތުމުން ކަމަށެވެ. އަދި އެ ސަރުކާރު ނިމުމަކަށް ގެނައުމުގެ ގޮތުން ސިޔާސީ ލީޑަރުން އެކައްޗެއް ވިދާޅުވެ މިހާރުގެ ސަރުކާރު އިންތިހާބު ކުރިއިރު، އަދި އެސަރުކާރަށް އަހަރެއް ނުވާކަން ޑރ. މައުސޫމް ފާހަގަކުރެއްވި އެވެ.

"ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އަަދި މިއުޅެނީ އަހަރެއް ނުވެގެން. އަންނަ ހަފްތާގެ ނޮވެމްބަރު 11 ގެ ޖަލްސާ ބާއްވަނީ. އަހަރެއް ވާން އޮތީ ނޮވެމްބަރު 17 ގައި،" ޑރ. މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ އިންތިހާބެއްގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުން ކޯލިޝަންގެ ތެރޭގައި ވެސް ތިބޭނޭ ކަމަށާއި އެކަން ޤަބޫލުކުރަންޖެހޭ ކަމަށެވެ. އަދި އަންނަ އިންތިހާބެއް ވާދަވެރިވެސް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އާއްމުކޮށް ކޯލިޝަނެއްގައި ތިބޭނަމަ ކެމްޕޭނެއް ފެށުމަށް އެންމެ ރަނގަޅު ވާނީ ސަރުކާރުގެ ދައުރު ދެބައިވުމުން ކަމަށްވެސް ވިދާޅުވި އެވެ.

ސަރުކާރުގެ ވައުދުތަކަކީ ގުޅިފައިވާ ޕާޓީތަކުގެ ވައުދު ތަކެއްކަން ފާހަގަކުރައްވަމުން ޑރ. މައުސޫމް ވިދާޅުވ، އެވައުދުތައް ފުއްދުމަށް ވެސް ފަސޭހަވާނީ ކޯލިޝަންގެ ބައިވެރިން އެކުގައި ތިއްބަވައިގެން ކަމަށެވެ.

"ހުރިހާ ފަރާތްތަކެއް ގުޅިގެން ސަރުކާރު ގެނައީ. ސަރުކާރާއި އެކު ކުރިއަށް ގޮސް ކަންކަން ތަންފީޒު ކުރުމަށްވެސް ފަސޭހަ ވާނީ ހުރިހާ ފަރާތްތައް އެކުއެކީގައި ތިއްބަވައިގެން." ޑރ. މައުސޫމް ވިދާޅުވި އެވެ.

ސަރުކާރަށް އަހަރެއް ނުވަނީސް ކެމްޕޭން ފަށައިފިނަމަ ރައްޔިތުންނަށް އޮޅުންތަކެއް އަރާނެ ކަންވެސް ޑރ. މައުސޫމް ފާހަގަކުރައްވި އެވެ. އަދި ކެމްޕޭނެއް ފެށުމުން ސަރުކާރަށް ކަންކަން ތަންފީޒު ކުރުމަށް އުނދަގޫވެ، ފާޑުކިޔުން އަމާޒު ވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޯލިޝަންގައި ތިބެގެން ކެމްޕެން ކުރާނަމަ އޭގެ ޒާތުގައި ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ.

އަންނަ އިންތިހާބެއްގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ބޭފުޅުންވެސް ކޯލިޝަންގެ ތެރޭގައި ތިއްބަވާއިރު، އެންމެ ރަނގަޅު ގޮތަކީ ދައުރު ދެބައިވަންދެން ކެމްޕޭން މަޑުޖައްސާލުން ކަމަށްވެސް ޑރ. މައުސޫމް ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު

އިންސަާފު

،ބޮލުރޮދި ކެނޑިފައިތަ؟