Dr. Afrasheem avahaara kohli massalaige report Raees ah fonuvaifi
image
ޑރ. އަފްރާޝީމް އަލީ
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓް ރައީސަށް ފޮނުވައިފި

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވައިފި އެވެ.
އެކަން ހާމަކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނުން ކުރި ޓްވީޓްގައި ބުނެފައިވަނީ، އޮކްޓޯބަރު 1، 2012 ވަނަ ދުވަހުގެ ރޭ އަފްރާޝިމް ގެއަށް ވަޑައިގެންނެވި ވަގުތު އެގޭ ސިޑި ކައިރިން ބަޔަކު އޭނާއަށް ވަޅިން ހަމަލާދީ އަނިޔާވެރިގޮތަކަށް މަރާލާފައިވާ މައްސަލައިގެ ތަހުޤީގު ރިޕޯޓް ރައީސް އަށް ފޮނުވާފައިވާކަމަށެވެ.



އެހެން ނަމަވެސް އެކަމާއި ގުޅުންހުރި އިތުރު ތަފްސީލެއް އެކޮމިޝަނުން ދެއްވާފައެއް ނުވެއެވެ.

އަނިޔާވެރި ގޮތަކަށް އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައިގައި އެކަމުގެ އަޑީގައި ތިބި މީހުން ހޯދިފައެއް ނުވެ އެވެ. އެ މައްސަލައިގައި ދެ މީހަކަށް ދައުވާކުރިއިރު ކުށް ސާބިތުވެ ހުކުމް ކުރީ ހ. ލޮބީ، ހުސައިން ހުމާމް އަހުމަދުގެ މައްޗަށް އެކަންޏެވެ. އަދި ސުޕްރީމް ކޯޓުން ވަނީ ހުމާމް މެރުމަށް ހުކުމްކޮށްފަ އެވެ.

އަފްރާޝިމްގެ މަރަށް 7 އަހަރު ފުރިފައިވާއިރު އެކަން ރޭވި މީހުން އަދި އެކަމަށް ފަނޑު ކުރި މީހުން މިހާތަނަށް ހޯދިފައެއް ނުވެއެވެ.
ހިޔާލު