zinmaa adhaakuran JSC in fasnujeheyne: Hisaan
image
އަބްދުﷲ ޔާމީން
3 ކޮމެންޓް
 

ޒިންމާ އަދާކުރަން ޖޭއެސްސީން ފަހެއް ނުޖެހޭނެ: ހިސާން

ޖުޑީޝަލް ސާވިސް ކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާ އަދާކުރަން ފަސް ނުޖެހޭނެކަމަށް އެ ކޮމިޝަނުގެ މެންބަރު ހިސާން ހުސެން ވިދާޅުވެއްޖެއެވެ.
ހިސާން މިހެން ވިދާޅުވެފައިވަނީ މިރޭ ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަނުކުރަމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުމެން އެންމެ ބޭފުޅުންނަށް އަރުވަން ބޭނުންވާ ޔަޤީންކަމަކީ، ޖޭއެސްސީއިން އަދާކުރަންޖެހޭ ދުސްތޫރީ ޒިންމާ އަދާކުރަން މިކޮމިޝަން ފަސް ނުޖެހޭނެކަން"

މިހެން ވިދާޅުވިއިރު، ގިނަ ކޯޓުތަކެއްގެ ފަޑިޔާރުންގެ ސުލީކީ މައްސަލަތަކެއް ބެލުމުގެ މައްސަލަތް އެ ކޮމިޝަނުން އަންނީ ކުރަމުންނެވެ.ޖޭޭއެސްސީން ކުރަމުން އަންނަ މަސައްކަތްތަކަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަންނަނީ ވަރަށް ބޮޑަށް ފާޑުކުކިޔަމުންނެވެ.

އިދިކޮޅުން ޖޭއެސްސީއަށް ފާޑުކިޔަންފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްސަލައިގައި އެ މައްސަލަ ބައްލަވާ ގާޒީ ހައިިލަމް ރިޝްވަތު ނެންގެވިކަމުގެ ތުހުމަތު ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

އަދި އޭނާއަށް ފައިސާ ދެއްވިކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ޖޭއެސްސީ
ހިޔާލު

ނާޅި

ހިސާނު އުޅެނީ ބައްޕާ ފުޅު ޖުޑިޝަރީ ތެރޭގައި ހިންގާފައިވާ ހަޑިތަށް ފޮރުވަންތޯ ނަޝީދު ޖަލައްލުން އަރުވާލުން ފަދަ ހުކުމް ކުރީ ކޮންބަޔެއްތޯ އޭރުގައި ! ފުރަތަމަ ފިޔަވަޅު އަޅަންވީ ބައްޕާފުޅައް ނުންތޯ ؟

Solah

ޢައުރަ ނިވާނުކޮށް ހުރެ ކޮންކަމެއް އިސްލާހު ކުރެވޭނީ؟

ހެޔޮއެދޭމީހާ

ޛާތީ ތަޢައްޞުބާއި ބަދަލު ހިފުމުގެ ރޫޙުގައި ކުރާ ކަންތައްތައް ކުރުމުގައި ޖޭ. އެސް. ސީ ފަހަތަކަށް ނުޖެހޭނެ!