Raees Yaminge mahsala benchakun balaidheyn edhihjje
image
ފޮޓޯ: ހަފްތާ
އަބްދުﷲ ޔާމީން
4 ކޮމެންޓް
 

ރައީސް ޔާމިންގެ މައްސަލަ ބެންޗަކުން ބަލައިދޭން އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ޝަރީއަތުގެ މައްސަލަ ބެންޗަކުން ކުރިއަށް ގެންދިއުމަށް އެމަނިކުފާނު އެދިލައްވައިފިއެވެ.
ރައީސް ޔާމިން މިހެން އެދިލެއްވީ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލީ ރަޝީދު އަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ރައީސް ޔާމިންގެ ޝަރީއަތުގެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ސަސްޕެންޑުކޮށްފައެވެ. އެހެންކަމުން އެ މައްސަލަ ބެލުން މިހާރު ވަނީ އަލުން މިމަހު 17 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

ހައިލަމް ސަސްޕެންޑުކުރީ ނޮވެމްބަރު ތިންވަނަ ދުވަހު ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ވައިބާ ގުރޫޕަކަށް ހައިލަމް ލީ ފޮޓޯއެއްގައި ރައީސުލްޖުމްހޫރޮއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ހިލިހިލާ ޖަހާފައިވާ ކުރެހުމެއް ހުރުމުން އެ މައްސަލަ ތަހުގީގުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ހައިލަމް ސަސްޕެންޑު ކުރުމާގުޅިގެނެވެ.

ހައިލަމް ސަސްޕެންޑު ކުރީ ރައީސް ޔާމިންގެ ޝަރީޢަތުގެ ހުކުމް އިއްވަން ޝަރީއަތް ބާއްވަން އޮތް ދުވަހުއެވެ.

އަބްދުﷲ ޔާމިން ޖަލަށްލާނެކަމުގެ ޔަގީންކަން ހޯދަން ސަރުކާރުން މަސައްކަތް ކުރިމަށް ހައިލަމް މިރޭ ވަނީ ވިދާޅުވެފައެވެ.

ބަޔާނެއްގައި ހައިލަމް ވިދާޅުވެފައިވަނީ، ރައީސް ޔާމީންއަށް މަނީލޯންޑަރިންގ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާގޮތުން އޭނާ އަށް ގުޅައި ނުފޫޒު ފޯރުވުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

"އަދި މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހުއެވެ". ހައިލަމް ނެރުނު ބަޔާނުގައި ވެއެވެ.
ރައީސް ޔާމީން
ހިޔާލު

ޕީޕީ އެންސީ

އަދުރޭ ބުނީ ހިސާބުއަދަދު އޮޅެންްފެެޝީ ޔަމީން ވައްކަން ކޮއްކޮއްކަމަށް.

ކަދުރޭ22

މިމައްސަލަ ބަލާކަށް ބެންޗެއް މޭޒެއް ބޮޑުއާވި ބިއްލޫރިއެއް ދުރުމިއެއް ބޭނުމެއްނުވޭ. މިހާރުގެ ރައީސް ސޯލިހު ބަދަލުދެނީ އޭކިޔައިގެން.................. ގޮތައް ރޔވެސް އަދީބުކުރިކަމަކަށް ހަދައިގެން ކުރީ އެއްކަމެއް.

ޙސެން

މީނާގެ މައްސަލަ ތައް ތަޙްޤީޤު ކުރަން ބޭރުގެ ޖަމާޢަތަކާއި ހަވާލުކޮށް ބެޭރުގެ ފަނޑިޔާރުނގެ ޓީމެއް ގެނެސްގެން ލައިވް ކޮށް ޝަރީޢަތް ކުރެއްވުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ދެކެމެވެ. މީނާއަށް،ފައިސާލިބުނުގޮތް ބެލޭނެ ގޮތެއް އެންމެ ފުރަތަމަ ބެލެން އެބަޖެހެ އެވެ.

ޖޫނިއަރ

ވަޓް ގޯސް އަރައުންޑް ކަމްސް އެރައުންޑް.