Ayushman ge Bala leak vejje
image
0 ކޮމެންޓް
 

އަޔުޝްމަންގެ "ބާލާ" ލީކު ވެއްޖެ

އަޔުޝްމަން ކުރާނާގެ އެންމެ ފަހުގެ ފިލްމު "ބަލާ" ލީކު ވެއްޖެއެވެ.
ފިލްމު "ބާލާ" ނެރެފައިވަނީ އިއްޔެއެވެ. ފިލްމު ނެރެނުތާ އިރުކޮޅެއް ނުވަނީސް ފިލްމު ލީކުކޮށްލާފައިވާއިރު ފިލްމު ލީކުކޮށްލާފައި ވަނީ "ތަމިލް ރޮކާސް" އިންނެވެ. އެ ވެބްސައިޓަކީ މިފަހަކަށް އައިސް ނެރޭ ހުރިހާ ބޮލީވުޑުގެ ފިލްމެއް ލީކުކުރަމުން އަންނަ ސައިޓެކެވެ.

"ބާލާ" ގައި ލީޑު ރޯލުން ފެނިގެންދަނީ އަޔުޝްމަން އާއެކު ޔަމީ ގައުތަމްއެވެ. އެދެފަންނާނުންގެ އިތުރުން ބޫމީ ޕަޑްނޭކަރް ވެސް ފިލްމުގައި ފެނިގެންދެއެވެ.

އެފިލްމުގައި އަޔުޝްމަން ފެނިގެންދަނީ ބޮލުން އިސްތަށި ފައިބާތީ އެކަމަށް ހައްލެއް ހޯދުމަށް އޭނާ ކުރާ މަސައްކަތްތަކެވެ.

މިހާތަނަށް ފިލްމު ބެލި ގިނަ މީހުންގެ ފަރާތުން ޕޮލިޓިވް ކޮމެންޓު އައިސްފައިވާއިރު މިއީ މިއީ މިއަހަރު ނެރޭ ކާމިޔާބު ފިލްމުތަކުގެ ތެރެއިން ފިލްމެއް ކަމަށް ވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.
އަޔުޝްމަން ކުރާނާ
ހިޔާލު