Hulhumale gai 2 cycle eh jehi accident hingaifi
image
މިއަދު ހިނގި އެކްސިޑެންޓުގައި ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަނީ---ފޮޓޯ:ސޯޝަލް މީޑިއާ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މިއަދު 14:59 ހާއިރު ހުޅުމާލޭ ނިރޮޅު މަގުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެގޮތުން އެ އެކްސިޑެންޓުގައި އެތަކުން އެއް ސައިކަލް ދުއްވަން އިން 30 އަހަރުގެ މީހާއާއި އެ ސައިކަލު ފަހަތުގައި އިން 38 އަހަރުގެ މީހާއަށް ކުދި އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އަނެއް ސައިކަލު ދުއްވަން އިން 30 އަހަރުގެ މީހާ އަށް ވެސް ކުދި އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސައިކަލް ދުއްވި ދެ މީހުން އަތުގައި ވެސް ސައިކަލް ދުއްވުމުގެ ލައިސެންސު އޮތް ކަމަށާއި އެހެން ނަމަވެސް ދެމީހުން ތިބި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެކްސިޑެންޓު ހިނގި ވަގުތު ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މަސްތުގެ ހާލަތުގައި އިނދެ ސައިކަލް ދުއްވި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ހިޔާލު