Moosun goasve, 9 atholhakah white alert nerefi
image
ކަނޑު ގަދަ ދުވަހެއް-- ފޮޓޯ: ޕީއެސްއެމް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މޫސުން ގޯސްވެ، ނުވަ އަތޮޅަކަށް ވައިޓް އެލާޓު ނެރެފި

މޫސުން ގޯސްވެ، ކ. އަތޮޅުން ލ އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓު ނެރެފިއެވެ.
މެޓް އޮފީހުން އެސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވަނީ މިއަދު 18:00 އިން ރޭގަނޑު 23:00 އަށެވެ. އެގޮތުން އެއެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ބުނެފައެވެ. އެގޮތުން ވައިޖެހޭނީ އުތުރުގެ އަތޮޅުތަކަށް އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައެވެ.

ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ކަނޑުުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މޫސުން މެޓް
ހިޔާލު