larvae migrans bayyah samaaluvey!
image
0 ކޮމެންޓް
 

ލާވާ މައިގްރަންސް ބައްޔައް ސަމާލުވޭ!

ލާވާ މައިގްރަންސް ބައްޔަކީ ބުޅަލުގެ ނަޖިހުން އަދި ވެލީގެ ޒަރިއްޔާއިން ފެތުރޭ ހަމުގެ ބައްޔެކެވެ. އެގޮތުން މި ބަލި ޖެހުމުން ފަރުވާ ކުރެވޭ ކަމަށާއި މިއީ ފަސޭހައިން ރަނގަޅުވާ ބައްޔެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މިބަލިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެއެވެ. އެގޮތުން ހުސްފައިގައި ހުންނަ ނަމަ މަގުމަތީގައި އާއި ވެލީގައި ނުހިނގުން ވަރަށް މުހިންމު ކަމަށް އެޗްޕީއޭން ބުނެއެވެ.

ހަމައެހެންމެ މަގުމަތީ އުޅޭ ބުޅަލުގައި އަތް ނުލުން އަދި ބުޅަލުގެ ނަޖިހާ ދުރުވުމުގެ އިތުރުން ބުޅާ ގެންގުޅޭ ފަރާތްތަކުން ބުޅާ ޑިވޯމް ކުރުމާއި އޭގެ ލީޓާ ބޮކްސް ސާފުކުރާއިރު އަންގި ލުން އަދި ސާފު ކުރުމަށް ފަހު ސައިބޯނިލައިގެން އަތް ދޮވުން ވަރަށް މުހިންމެވެ.

އޭގެ އިތުރުން ކުޑަކުދިން ޕާކުފަދަ ތަންތާގައި އުޅޭއިރު ވެއްޔާ ކުޅުނަ ނުދިނުމާއި ގިނަ ގިނައިން ސައިބޯނިލައިގެން އަތްދޮވުން ހިމެނެއެވެ. އަދި އެބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ހަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން ވަރަށް މުހިންމެވެ.
ހިޔާލު