Raees Solih ge 1 aharuge thafaas hisaabuthah!
image
ރޭގެ ޖަލްސާގެ ތެރެއިން -- ފޮޓޯ:ރައީސް އޮފީސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރައީސް ސޯލިހްގެ އެއް އަހަރުގެ ތަފާސްހިސާބުތައް!

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރު ކުރެއްވި ބައެއް މަސައްކަތްތަކުގެ ތަފާސްހިސާބުތައް އެމަނިކުފާނު ހާމަކުރައްވައިފި އެވެ.
ޖުމްހޫރީ ދުވަހާ ގުޅިގެން ރޭ ދަރުބާރު ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ކުރެވިފައިވާ ބައެއް މަސައްކަތްތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފަ އެވެ.

އެގޮތުން ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ކުރެއްވި ކަންތައްތަކުގެ ތެރޭގައި 67 ދަރިވަރަކަށް ސްޓޫޑަންޓް ލޯނު ދިނުމާއި، 58 ރަށަކަށް ޖަނަރޭޓަރު ފޮނުވުމާއި، 34 ރަށެއްގައި ބަނދަރު އަޅަން ހަވާލުކޮށް، 14 ރަށެއްގައި އަމަލީ މަސައްކަތް ފެއްޓެވިކަން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން 33 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ހަވާލުކޮށްފައިވާއިރު 8 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް އަދި 7 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވާ ކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

އިއާދަ ކުރަނިވި ހަކަތައިން 17 މިސްކިތެއް އޭސީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި 3.2 ބިލިއަން ރުފިޔާގެ ހިލޭ އެހީ ލިބިފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން 83 ޕަސަންޓް ހާސިލް ކުރެއްވުނު ކަމަށްވެސް ރައީސް އޮފީހުން މީގެކުރިން ބުނެފައިވެ އެވެ. އަދި 100 ދުވަހުގެ ބައެއް ވައުދުތައް ހާސިލް ކުރަން ދަތިވީ ވެރިކަމުގެ އެންމެ ކުރީކޮޅު 18 ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްބާރުލުން ނުލިބުމުން ކަަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ރައީސްގެ ވެރިކަމުގެ އެއް އަހަރުގެ ތެރޭގައި ކުރެއްވި ބައެއް ކަންކަން ހާމަކުރެެއްވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް އެއް އަހަރު ވާނީ 17 ނޮވެމްބަރުގަ އެވެ.
ހިޔާލު