Kolhufusheega bahthi jahan India in 1.5 million Rufiyaa
image
ގުފްތަގު އަޖީރު
1 ކޮމެންޓް
 

ކޮޅުފުށީގައި ބައްތި ޖެހުމަށް އިންޑިއާއިން 1.5 މިލިއަން ރުފިޔާގެ ހިލޭ އެހީ

އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ ހިލޭ އެހީގެ ތެރެއިން މުލަކު އަތޮޅު ކޮޅުފުށީގައި މަގު ބައްތި ޖެހުމަށް 1,500,000.00 ދިވެހި ރުފިޔާގެ އިންޑިއާ ސަރުކާރުން ކަނޑައަޅުއްވައިފިއެވެ.
ރައްޔިތުންނަށް ހާއްސަކޮށް އަންހެނުންނާށާއި އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރި މާހައުލެއް ފަހިކޮށްދިނުމަށްޓަކައި މަގު ބައްތި ހަރުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން ކޮޅުފުށީގެ މީހުން ދިރިއުޅޭ ސަރަހައްދުގައި 115 މަގު ބައްތި ޖެހޭނެއެވެ.
މި ޕްރޮޖެކްޓަކީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވަން ނިންމެވި ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
އިންޑިއާ-ރާއްޖެ
ހިޔާލު

ރައްޔިތުން

ދެން މި ބައްތި ތައް ދިއްލަން އިންޑިއާ އިން ކިތައް މީހުން ގެން ނަން ސަރުތު ކުރިބާ. ކުރިން ވެސް ހެލިކޮޕްޓަރެ ދިން .