Indiaage hiley eheege dhashun 8 Million Rufiyaage 2 Ice plant
image
ފައިލް ފޮޓޯ: ވީ ނިއުސް
0 ކޮމެންޓް
 

އިންޑިއާގެ ހިލޭ އެހީގެ ދަށުން 8 މިލިއަން ރުފިޔާގެ ދެ އައިސް ޕްލާންޓު

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދެ ރަށެއްގައި ދެ އައިސް ޕުލާންޓު ގާއިމްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ސޮއިކޮށްފައިވަނީ ކ. ގާފަރާއި ރ. މަޑުއްވަރީގައި ގާއިމުކުރުމަށް ނިންމާފައިވާ 25 ޓަނުގެ ދެ އައިސްޕުލާންޓުގެ އެއްބަސްވުމުގައެވެ.

ބީލަމުގެ އުސޫލުން ވީއޭއެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެ ޕްރޮޖެކްޓުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމިނަތު ޝާފިއާއެވެ.

ވީއޭއެމް އެންޑް ކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުބައިރެވެ.

މަސައްކަތް ހަވާލުކުރީ އަށް މިލިއަން ރުފިޔާއަށް ފަސް މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މި ޕުރޮޖެކްޓު ނިމުމުން މެދު ރާއްޖެތެރެއާއި އުތުރުގެ މަސްވެރިންނަށް، ހާއްސަކޮށް އައިސް ޕުލާންޓުތައް ގާއިމުކުރާ އަތޮޅުތަކުގެ މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމުގައި މިވަގުތު ހުރި ދަތިތައް ހައްލެއް ލިބޭނެއެވެ.
ހިޔާލު