Shippe: Namoonaa dhekkevi Leader eh
image
ފޮޓޯ: ސޯޝަލް މީޑިއާ
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ޝިއްޕެ: ނަމޫނާ ދެއްކެވި ލީޑަރެއް

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަކީ އެޕާޓީގެ ޑިމޮކްރަޓިކް ހަމަތަކަށް މައްޝޫރު ޕާޓީއެކެވެ. ޤައުމު ހިންގުމަށް ޑިމޮކްރަސީގެ ހަމަ އިސްކުރާ ފަދައިން އެތެރޭގެ ހިންގުމަށްވެސް ޑިމޮކްރަސީގެ ރީތި ހަމަބޭނުންކުރެ އެވެ. އޭގެން އެންމެ ވާދަވެރި އެއްކަމަކީ ޕާޓީގެ އެތެރޭގެ އިންތިޚާބު ތަކެވެ.
ބޯމަތިވަމުން އަންނަނީ އެމްޑިޕީގެ އެތެރޭގެ އިންތިހާބެވެ. ފޯރި އާއި އެކު ކެމްޕެއިން ކުރެވެމުން ދަނީ ޕާޓީގެ ނައިބު ރައީސްގެ މަޤާމަށެވެ. ވާދަކުރައްވަނީ އެހާމަ ފާހަގަކޮށްލެވޭ ދެ ބޭފުޅުންނެވެ. އެމްޑީޕީގެ މިހާރުގެ ވެސް ނައިބު ރައީސް މުހައްމަދު ޝިފާޒާއި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމެވެ.

ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޝަިފާޒް އެމްޑީޕީގެ އާންމު މެމްބަރުންގެ މެދުގައި މަޝްހޫރީ މަގުމަތީގެ ހަރަކާތް ތަކުގައި ދެގޮތެއް ނުވެ ސާބިތު ކަމާއި އެކު ހުންނެވީ ތީއެވެ. 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަދަލުވުމަށް ފަހު 2018 ވަނަ އަހަރު އެމްޑީޕީގެ ރައީސަކު އިންތިޚާބު ކުރެވުމާއި ހަމައަށް އެމްޑިޕީން ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުގައި ޝިފާޒަކީ ދެގޮތެއް ނުވެ ސާބިތު ކަމާއި އެކު ހުންނެވި ބޭފުޅެކެވެ.

ދެހާސްނުވަ ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރުގެ ގޮތުގައި އިންތިހާބު ވެ ވަޑައިގެންނެވި ޝިފާޒް، އެމްޑީޕީގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރައްވާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. 2014 ވަނަ އަހަރުން ފެށިގެން އެމްޑިޕީ މިހާތަނަށް ދަތުރު ކުރި އެންމެހާ ގަދަ ކަނޑެއްގައި ޝިފާޒް ވަނީ ޕާޓީގެ އާއްމު މެމްބަރުންނާއި އެކު ވަރުބަލި ކަމެއްނެތި ދަތުރު ކުރައްވާފައެވެ.


ފޮޓޯ: ސޯޝަލްމީޑިއާ

ދެހާސްބާރަ ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ފުރޮޅުމަށްފަހު، އެމްޑީޕީގެ މެމްބަރުންނަށް ދިމާވި އެންމެ ހިތްދަތި އެއް ދުވަހަށް ވާނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި 13 މާރިޗް 2015 ވަނަ ދުވަހެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދު ބުނާ ގޮތުން ޕާޓީ ހިންގުމުގައި އެންމެ އިސް ދައުރެއް އޮތީ ޕާޓީގެ ރައީސަށެވެ. ނާއިބު ރައީސަކީ ޕާޓީގެ ރައީސް ހަވާލު ކުރައްވާ މަަސައްކަތެއް ކުރައްވަން ހުންނަވާ ބޭފުޅެކެވެ. ނުވަތަ ރައީސަކު ނެތް ހާލަތެއްގައި އެ ޒިންމާ އުފުލަން ހުންނަވާ ބޭފުޅެކެވެ.

އެމްޑީޕީގެ ރައީސް ނަޝީދުގެ މައްޗަށް އިއްވި ޖަލުހުކުމާއި އެކު ޕާޓީ ހިންގެވުމުގެ ކަންކަމާއި ޝިފާޒް ހަވާލުވެވަޑައިގަތެވެ. ހަމަ ގައިމުވެސް ޝިފާޒްގެ މަސައްކަތްޕުޅު ދެރައެކޭ ދެންނެވޭނެ ހަމަ އެއްވެސް ޖާގައެއް ނެތެވެ. ރައީސް ނަޝީދުގެ ޖަލު ހުކުމަށް ފަހުވެސް ޕާޓީ ކޮޅަށް ޖަހާ މަގުމަތީ ހަރަކާތްތައް އިތުރު ކޮށް ސަރުކާރު ޖަވާބު ދާރީ ކުރުމުގެ މަސައްކަތް ތައް ކުރެއްވި އެވެ. ރޭގަނޑުގެ ޖަގަހަ ބައްދަލުވުންތަކާއި ކަންމަތީ އެއްވުންތަކުގެ އިތުރުން ހުކުރު ދުވަހުގެ ހިނގާލުންތަކާއި ހަވީރު ސައި ތައް ކުރިއަށް ގެންދިޔައިރު، ދެގޮތެއް ނުވެ ޝިފާޒް އާއްމު މެމްބަރުންނާއި އެކު ކުރީ ސަފުގައި ހުންނެވިއެވެ.


ފޮޓޯ: ސޯޝަލްމީޑިއާ

ރައިސް ޔާމީންގެ ވެރިކަމުގައި ދިމާވި ދަތިތަކާއި އެކުވެސް އެމްޑީޕީން 2017 ވަނަ އަހަރު ކުރިމަތިލި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމުގައި ޝިފާޒްގެ ދައުރު ވަކިކުޑައެކޭ ދެންނެވޭކަށް ނެތެވެ. ޕާޓީގެ ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ހުންނެވި އިރު، އާއްމު މެމްބަރުންނާއި އެންމެ ގާތުން މަސައްކަތް ކުރައްވާ ޕާޓީ އަށް ކާމިޔާބީ ހޯއްދަވައި ދެއްވީ ހިކުމަތްތެރިކަމާއި އެކު ޕާޓީގެ ލީޑާރޝިޕާއި އާންމު މެމްބަރުންނާއި އެކު ކުރެއްވި މަސައްކަތްޕުޅުންނެވެ.

މިހުރިހާ ކަމަކުން ދޭހަވަނީ ހަމަ އެންމެ ކަމެކެވެ. ޝިފާޒް އަކީ ޕާޓީގެ މެމްބަރުންނާއި އެކުކީގައި އެއްވަރެއްގައި މަސައްކަތް ކުރައްވަން ހުންނަވާނޭ ލީޑަރެއް ކަމެވެ. ނަމޫނާ ދެއްކެވުމުގައި ލާމަސީލު މިސާލެއްކަމެވެ. އެންމެ ހިތްދަތި ވަގުތުތަކުގައި އާންމު މެންބަރުންނާއެކު ގަދަ ކަނޑަށް ނުކުތްނެތި ހުށިޔާރު ކައްޕި އެކެވެ.
ހިޔާލު