Internetakee asaasee haggeh?
image
އިންޓަނެޓަކީ އަސާސީ ހައްގެއް ކަމަށް ބެލެވޭ ނަމަ އެއީ އެއާ ނުލައި ނޫޅެވޭ ވަރުގެ އެއްޗަކަށް ވާންޖެހޭ
ޔޫސުފް ރަޝީދު
0 ކޮމެންޓް
 

އިންޓަނެޓަކީ އަސާސީ ހައްގެއް؟

ދިރި ދުނިޔޭގައި ދެމިތިބުމަށް، ކެއިން ބުއިން އަދި މީހުންނާ އިނުން ފަދަ ޒަރޫރަތްތައް، ޒަމާނުއް ސުރެ ދަރަޖަކުރެވިފައި ވަނީ، އަސާސީ ހައްގުތަކެއް ގޮތުގަ އެވެ. އިންޓަނެޓް ވެސް މިހާ މުހިންމު އެއްޗެއް ގޮތުގައި ގިންތިކުރެވެން ޖެހޭ ކަމަށް ވަކާލާތުކުރެ އެވެ.
އިންޓަނެޓަކީ އަސާސީ ހައްގެއް ކަމަށް، ޔޫއެންގެ ގުނަވަންތަކުން ވެސް ގަބޫލުކުރެ އެވެ. މި ބުނުން ދެމެހެއްޓުމަށް 2016 ވަނަ އަހަރު ޔޫއެން ކައުންސިލްތަކުގައި މަޝްވަރާކުރެވުނު ނަމަވެސް، އިންޓަނެޓަކީ އަސާސީ ހައްގެއް ގޮތުގައި މުޅި ދުނިޔެ އަދި ބަލައިގެންފައި ނުވެ އެވެ.

އެކުވެރި ދައުލަތްތައް ގުޅިގެން ހިންގާ ޖަމާއަތްތަކުން، އިންޓަނެޓާ މެދު އުސޫލުތަކެއް ކަނޑައެޅި ނަމަވެސް، ދުނިޔޭގައި އަދި ވެސް ގިނައީ އިންޓަނެޓް ނުލިބޭ މީހުންނެވެ. އިންޓަނެޓަކީ އަސާސީ ބޭނުމެއް ކަމަށް ކަނޑަނޭޅިގެން އުޅެނީ މި ސަބަބާ ހެދި އެވެ.

އަސީސީ ހައްގަކީ އެ އެއްޗަކާ ނުލައި ދިރިއުޅުން އުނދަގޫ ކޮންމެ އެއްޗެެއް ކަމަށް ވާ ނަމަ، ލިސްޓް ވަރަށް ދިގުވެގެން ދާނެ އެވެ. އެހެން ނަމަވެސް، އެ އެއްޗަކާ ނުލައި ދިރިނޫޅެވޭ އެއްޗެއް ނަމަ އެއީ އަސާސީ ހައްގެ ގޮތުގައި ލިސްޓްކުރުން އައުލާކަން ބޮޑެވެ. ދުނިޔޭގެ އާބާދީގެ ބޮޑު ބައި، އިންޓަނެޓާ ނުލައި ދިރިއުޅޭއިރު، އަސާސީ ހައްގަކަށް އިންޓަނެޓް ވަނީ ކިހިނަކުން ހެއްޔެވެ؟

އިންޓަނެޓަކީ އަސާސީ ހައްގެއް ގޮތުގައި ކަނޑަނޭޅިޔަސް، އެއީ ބޮޑު ފަސޭހައެކެވެ. މުޅި ދުނިޔެ އަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް ސެޕޭސްއެކްސް، ފޭސްބުކް އަދި ސްޓާލިންކް ފަދަ ގުރޫޕްތަކުން މަސައްކަތްކުރަނީ، އާބާދީތަކަށް ލުއި ފަސޭހަކޮށްދިނުމަށެވެ.
ހިޔާލު